ޑީކޭ ޔުނައިޓެޑް މޮޅުވި އިރު ފޯ ސީޒަން ރިސޯޓް މުބާރާތުން ކަޓައިފި

މިއަދު ކުޅުނު ފުރަތަމަ މެޗްގައި އަމިއްލަފުށި ރިސޯޓް އާއި ވެލިގަނޑު ސްރައިކާރސް ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ކުޅުނު ފުރަތަމަ މެޗްގައި އަމިއްލަފުށި ރިސޯޓް އާއި ވެލިގަނޑު ސްޓްރައިކާރސް ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

.މިހާރު ބ.އޭދަފުށީގައި ކުރިޔަށްދާ އެންމެ އަގު ބޮޑު ފުޓްސަލް މުބާރާތް މަރްޙޫމް އަހުމަދު ޝާހީން މެމޯރިއަލް ފުޓްސަލް ޗެލެންޖައި މިއަދު ކުޅުނު މެޗުތަކުން އަމިއްލަ ފުށި ރިސޯޓާއި ޑީކޭ ޔުނައިޓެޑް މޮޅުވެއްޖެއެވެ

މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި އަމިއްލަފުށްޓާ ވެލިގަނޑު ރެކްރިއޭއަޝަން ބައްދަލު ކުރި މެޗް ނިމުނީ 2-5 ގެ ނަތީޖާ އަކުން އަމިއްލަފުށި ރިސޯޓް މޮޅުވެގެންނެވެ. މެޗުގެ ފުރަތަމަ ގޯލް 3 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިނީ އަމިއްލަފުށީ ޓީމުގެ ހުސެން ޝިފާހްއެވެ. އަމިއްލަފުށިން ލަނޑެއް ޖެހިތާ 2 މިިނިޓް ތެރޭ ވެލިގަނޑު ރިސޯޓް އިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހުސެން ވާފިރްއެވެ. މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި އަމިއްލަފުށި ޓީމުގެ 2 ވަނަ ލަނޑު ޖަހައިދިނީ އެޓީމުގެ ކެޕްޓަން ސާމީ އިބްރާހިމްއެވެ. ދެވަނަ ހާފް ފެށިތާ 1 މިނިޓް ތެރޭ އަނެއްކާވެސް އަމިއްލަފުށި ރިސޯޓްގެ ހުސެން ޝިފާހް ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކުރުއެވެ. ވެލިގަނޑު ރިސޯޓްގެ 2 ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޝާފިޔު މުހައްމަދެވެ. އަމިއްލަފުށިި ޓީމުން ޖެހި 4 ވަނަ ލަނޑުވެސް ކާމިޔާބު ކޮށްދިނީ ޝިފާހްއެވެ. މިއީ ޝިފާހް މި މެޗްގައި ޖެހި 3 ވަނަ ލަނޑެވެ. .މެޗުގެ އެންމެ ފަހު ގޯލް މެޗު ނިމެން 2 މިނިޓް އަށްވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ އަމިއްލަފުށީ ޓީމުގެ އަލީ ނިޝާމްއެވެ

.މި މެޗްގެ މޭން އޮފް ދަ މެޗް އަކަށް ހޮވިފައިވަނީ މި މެޗްގައި ހެޓްރިކް ވެސް ހެދި އަމިއްލަފުށި ޓީމުގެ ހުސައިން ޝިފާހްއެވެ

މިއަދު ކުޅުނު ދެވަނަ މެޗްގައި ޑީކޭ ޔުނައިޓެޑް އާއި ފޯސީޒަން ރިސޯޓް ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ކުޅުނު ދެވަނަ މެޗްގައި ޑީކޭ ޔުނައިޓެޑް އާއި ފޯސީޒަން ރިސޯޓް ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިއަދު ކުޅުނު ދެވަނަ މެޗުގައި ޑީކޭ ޔުނައިޓެޑް އާއި ފޯ ސީޒަން ރިސޯޓް ބައްދަލުކުރި މެޗް ނިިމުނީ 2-3 ގެ ނަތީޖާއަކުން ޑީކޭ ޔުނައިޓެޑް މޮޅުވެގެންނެވެ. މި މެޗްގެ ފުރަތަމަ ހާފްގައި ދެ ޓީމުން އެއްޓީމަކަށް ވެސް ލަނޑެއް ޖެހިފައެއް ނުވެއެވެ. ނަމަވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބި ވަނީ ބޭކާރުވެފައެވެ. މެޗް ގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ ޑީކޭ ޔުނައިޓެޑް އަށް ލިބުނު ޕެނަލްޓީއަކުން ޝާހީ މުސާއެވެ. ޑީކޭ ޔުނައިޓެޑް އިން ލަނޑެއް ޖެހިތާ 8 މިނިޓް ތެރޭ ފޯ ސީޒަންގެ މުހައްމަދު އައްބާސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ނަމަވެސް އޭގެ އެއްމިނިޓް ފަހުން ޑީކޭ ޔުނައިޓެޑް ގެ ޝާހީ މުސާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ބަދަލްކޮށްލާފައެވެ. ފޯ ސީޒަން ރިސޯޓްގެ 2 ވަނަ ލަނޑު މެޗުގެ 39 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިނީ މުހައްމަދު ނަސްރަހްއެެވެ. މެޗުގެ އެންމެ ފަހު މިނިޓްގައި ޑީކޭ ޔުނައިޓެޑް މޮޅު ކޮށްދިން ގޯލް ޖަހައިދިނީ ޝަރިފް އަބްދުލް މަޖީދު(ޕަޓޯ) އެވެ.

.މި މެޗްގެ މޭން އޮފް ދަ މެޗް އަކަށް ހޮވިފައިވަނީ ޑީކޭ ޔުނައިޓެޑްއަށް 2 ލަނޑު ކާމިޔާބު ކޮށްދިން ޝާހީ މޫސާއެވެ

.މި ނަތީޖާ އާއެކު ފޯ ސީޒަން ރިސޯޓް ވަނީ މި މުބާރާތުން ކެޓި ދެވަނަ ޓީމަށެވެ. ފުރަތަމަ ކެޓީ އިއްޔެ ކުޅުނު ހަވީރު ކުޅުނު ދެވެނަ މެޗުން އަނަންތަރާއާ ވާދަކޮށް ބަލިވި އިރުމަތީ ލަވާރސްއެވެ

މުބާރާތުގައި މާދަމާ ހަވީރުވެސް ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ކުޅޭނީ އޭދަފުށި ޕޮލިހާ އާއި ފެއިމްސް ޔުނައިޓެޑް ބައްދަލުކުރާ މެޗެވެ. ދެވަނަ މެޗުގައި ކިހާދުއްފަރާ ދެކޮޅަށް ނުކުންނާނީ ރޯޔަލް ރިސޯޓްއެވެ

.މުބާރާތުގެ މެއިން ސްޕޮންސަރަކީ ދިރާގު އެވެ. ބެވަރޭޖް ޕާޓްނަރަކަށް ކޮކާކޯލާ ކޮމްޕެނީ ހަމަޖައްސާފައިވާއިރު މީޑިއާ ޕާޓްނަރަކީ މިފަހަރުވެސް އީޓީ އެެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.