ރޯޔަލް އަދި އަނަންތަރާ ދެވަނަ ބުރަށް ދިޔައިރު އޭދަފުށި ޕޮލިސް މުބާރާތުން ކަޓައިފި

މިއަދު ކުޅުނު ފުރަތަމަ މެޗްގައި އޭދަފުށި ޕޮލިހާއި ފެއިމްސް ޔުނައިޓެޑް ކުޅެނީ ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ކުޅުނު ފުރަތަމަ މެޗްގައި އޭދަފުށި ޕޮލިހާއި ފެއިމްސް ޔުނައިޓެޑް ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

.ބ.އޭދަފުށީގައި ކުރިޔަށްދާ މަރްޙޫމް އަހުމަދު ޝާހީން މެމޯރިއަލް ފުޓްސަލް ޗެލެންޖައި މިއަދު ކުޅުނު މެޗުތަކުން ފެއިމްސް ޔުނައިޓެޑް މޮޅުވި އިރު އަނަންތަރާ އާއި ރޯޔަލް ކުޅުނު މެޗް އެއްވަރުވެގެން ނިމިއްޖެއެވެ

މިއަދު ހަވީރު އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން ފެއިމްސް ޔުނައިޓެޑް މޮޅުވީ 1-2 ގެ ނަތީޖާއަކުން އޭދަފުށި ޕޮލިސް ބަލިކޮށްގެންނެވެ. މެޗްގެ ފުރަތަމަ ގޯލް ޖަހާ ކުރި ހޯދީ އޭދަފުށި ޕޮލިސް ޓީމުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 15 ވަނަ މިނިޓްގައި ހުސެން ފާސިރުއެވެ. ދެވަނަ ހާފް ފެށިތާ 3 މިނިޓް ތެރޭ ފެއިމްސް ޔުނައިޓެޑް ގެ އަހުމަދު ލަތީފް ގޯލެއް ޖަހާ ނަތިޖާ ވަނީ ހަމަހަމަ ކޮށްފައެވެ. މި މެޗުން ފެއިމްސް ޔުނައިޓެޑް މޮޅު ކޮށްދިން ގޯލް ޖަހައިދިނީ އަލީ ޒުބައިރްއެވެ. މި ނަތީޖާ އާއެކު ޕޮލިސް ޓީމް ވަނީ މި މުބާރާތުން ކަޓާފައެވެ

.މި މެޗްގެ މޭން އޮފް ދަ މެޗް އަަކަށް ހޮވިފައި ވަނީ ފެއިމްސް ޔުނައިޓެޑްގެ އަހުމަދު ލަތީފްއަށެވެ

މިއަދު ކުޅުނު ދެވަނަ މެޗްގައި ރޯޔަލް އާއި އަނަންތަރާ ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ކުޅުނު ދެވަނަ މެޗްގައި ރޯޔަލް އާއި އަނަންތަރާ ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިއަދު ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރި ރޯޔަލް އާއި އަނަންތަރާ މެޗުވަނީ 2-2 އަކުން އެއްވަރުވެފައެވެ. މި މެޗްގެ 3 ވަނަ މިނިޓްގައި ރޯޔަލް ޓީމުން ވަނީ ލަނޑެއް ޖަހާފައެެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އުބައިދުﷲ އަބްދުﷲ އެވެ. އެހެންނަމަވެސް އަނަންތަރާގެ އިސްމާއިލް ޝާކިރް ވަނީ މެޗުގެ 7 ވަނަ މިނިޓްގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ރޯޔަލް ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންވަނީ މި މެޗް ބަލަން އޭދަފުށްޓަށް އައިސްފައެވެ. ރޯޔަލް ޓީމުގެ 2 ވަނަ ލަނޑު ދެވަނަ ހާފްގެ ކުރީ ކޮޅު ކާމިޔާބު ކޮށްދިނީ އެޓީމުގެ ކެޕްޓަން  މުހައްމަދު ރިޔާޒްއެެވެ. ފޯރި ގަދަ ކުޅުމެއް 2 ޓީމްގެ ފަރާތުން ފެނިގެން ދިޔަ މި މެޗްގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ. އަނަންތަރާ އަށް މި މެޗް އެއްވަރު ކޮށްދިން ގޯލް ޖަހައިދިނީ އަބްދުﷲ އަބޫބަކުރު (ކަނޫޓެ)އެވެ

.މި މެޗްގެ މޭން އޮފް ދަ މެޗް އަކަށް ހޮވިފަައިވަނީ ރޯޔަލް ޓީމުގެ މުހައްމަދު ރިޔާޒްއެވެ

މުބާރާތުގައި މާދަމާ ހަވީރުވެސް ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ކުޅޭނީ ޔުނައިޓެޑް ވީ އާއި ވެލިގަނޑު ރެކްރިއޭޝަން ބައްދަލުކުރާ މެޗެވެ. ދެވަނަ މެޗުގައި ޑީކޭ ޔުނައިޓެޑްއާ ދެކޮޅަށް ނުކުންނާނީ ކިހާދް މޯލްޑިވްސްއެވެ.

.މުބާރާތުގެ މެއިން ސްޕޮންސަރަކީ ދިރާގު އެވެ. ބެވަރޭޖް ޕާޓްނަރަކަށް ކޮކާކޯލާ ކޮމްޕެނީ ހަމަޖައްސާފައިވާއިރު މީޑިއާ ޕާޓްނަރަކީ މިފަހަރުވެސް އީޓީ އެެވެ

 

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.