ކިހާދޫ ސްކޫލުގެ ޑިނާ ނައިޓުން މިއަހަރުވެސް އެއްލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދައިފި

ކިހާދޫ ސްކޫލުގަިއ ބޭއްވި ޑިނާ ނައިޓްގެ ތެރެއިން-- ފޮޓޯ / ކިހާދު ސްކޫލް
ކިހާދޫ ސްކޫލުގަިއ ބޭއްވި ޑިނާ ނައިޓްގެ ތެރެއިން– ފޮޓޯ / ކިހާދު ސްކޫލް

ބ. ކިހާދޫ ސްކޫލުގެ ޕީޓީއޭ ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން ބޭއްވި ޑިނާ ނައިޓުން މިއަހަރުވެސް އެއް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެ ސްކޫލުން ބުނެފި އެވެ.

 

ކިހާދޫ ސްކޫލުގެ ޕްރިންސިޕަލް ހާރޫން ޔޫސުފް ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ޑިނާ ނައިޓުގެ ވަގުތީ ހިސާބުތައް ދައްކާގޮތުން 113905 ރުފިޔާ ލިބިފައިވާނެ ކަމަށެވެ.

ނަމަވެސް އޭނާ ވިދާޅުވީ ޑިނާ ނައިޓުގެ ހިސާބުތައް މުޅިން އަދި ނުނިމޭތީ ހަރަދުތައް ކެނޑުމަށް ފަހު ޑިނާ ނައިޓަށް ފައިދާވި ވަރެއް އަދި ވިދާޅުވާން ދަތި ކަމަށެވެ.

 

“ޚަރަދު ތަފްސީލު ލިބޭނީ އަދި ހުރިހާ ދިމާލަކުން ބިލުތައް ލިބުނީމަ. 30،000 ވަރު ޚަރަދުވާނެ ކަމަށް ލަފާކުރެވޭ،” ހާރޫން ވިދާޅުވި އެވެ.

 

މީދޫ ބޮޑުބެރު ގްރޫޕުގެ ހަރަކާތްތަކާއެކު ބޭއްވި މި ޑިނާ ނައިޓަށް ކައިރި ރިސޯޓްތަކުގެ އިތުރުން އަތޮޅު ބައެއް ރަށްރަށުންވެސް ބޮޑު ތަރުހީބެއް މިއަހަރުވެސް ލިބިފައިވާ ކަމަށް އެ ސްކޫލުން ބުންޏެވެ.

12968660_10153492988385423_614691017_n

ކިހާދޫ ސްކޫލުން ބުނީ ޑިނާ ނައިޓުން ލިބުނު ފައިސާ މިއަހަރުވެސް ހަރަދު ކުރާނީ ދަރިވަރުންގެ ކުރިއެރުމަށް ހިންގާ ތަފާތު ހަރަކާތްތަކަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.