ނެޝަނަލް ސެންޓަރ ފޯ ދި އާޓްސް އާއި ދަރަވަންދޫ ކައުންސިލް އިދާރާ ގުޅިގެން އެރަށުގައި ފޮޓޯ ގްރަފީ ކޯހެއް ފަށާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ދަވަންދޫ ކައުންސިލުން ބުނެފި އެވެ.
ދަރަވަންދޫ ކައުންސިލުން ބުނީ ބ. އަތޮޅުގެ ދެ ޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ފެށުމަށް ތައްޔާރުވަމުން އަންނަ އެ ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށެވެ. އެގޮތުން ފޮޓޯ ގްރަފީގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކުން އޭޕްރިލް 20 ގެ ކުރިން ކޯހުގައި ބައިވެރިވުމަށްއެދޭ ފޯމު ދަރަވަންދޫ ކައުންސިލުގެ ފޭސްބުކު ޕޭޖުން އޮންލައިން ކޮށް ހުށަހަޅަންޖެހެ އެވެ.
މި ކޯހުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހެ އެވެ.