ޔުނައިޓެޑް ވީ އާއި ޑީކޭ ޔުނައިޓެޑް މޮޅުވެ ކުއާޓާ ފައިނަލަށް ދިޔަ ޓީމްތަށް ޔަގީންވެއްޖެ

މިއަދު ކުޅުނު ފުރަތަމަ މެޗްގައި ޔުނައިޓެޑް ވީ އާއި ވެލިގަނޑު ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ކުޅުނު ފުރަތަމަ މެޗްގައި ޔުނައިޓެޑް ވީ އާއި ވެލިގަނޑު ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

.މިހާރު ބ.އޭދަފުށީގައި ކުރިޔަށްދާ މަރްޙޫމް އަހުމަދު ޝާހީން މެމޯރިއަލް ފުޓްސަލް ޗެލެންޖައި މިއަދު ކުޅުނު މެޗުތަކުން ޔުނައިޓެޑް ވީ  އާއި ޑީކޭ ޔުނައިޓެޑް މޮޅުވެ ގްރޫޕް ސްޓޭޖްގެ މެޗްތަށް ނިމިއްޖެއެވެ

މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ވީ މޮޅުވީ 1-4 ގެ ނަތީޖާއަކުން ވެލިގަނޑު ރެކްރިއޭޝަން ބަލިކޮށްގެންނެވެ. މި މެޗް ގެ ފުރަތަމަ ލަނޑު ޔުނައިޓެޑް ވީ އަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ފާސިރު (ފާއްޓެ)އެވެ. ޔުނައިޓެޑް ވީއިން ލަނޑު ޖެހިތާ 5 މިނިޓް ފަހުން ވެލިގަނޑު ރެކްރިއޭޝަނުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޝާފިޔު މުހައްމަދެވެ. ޔުނައިޓެޑް ވީގެ 2 ވަނަ ލަނޑު ފުރަތަމަ ހާފް ނިމެން 1 މިނިޓް އަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ ޝައްފާންއެވެ. ދެވަނަ ހާފް ފުރަތަމަ މިނިޓްގެ ތެރޭގައި ޔުނައިޓެޑް ވީގެ މުހައްމަދު ފާސިރު (ފާއްޓެ) ލަނޑެއްޖަހާ ނަތީޖާގެ ފަރަގު ބޮޑު ކުރިއެވެ. ޔުނައިޓެޑް ވީގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޝައްފާންއެވެ. މި ނަތީޖާއާއެކު ޔުނައިޓެޑް ވީ އިން ވަނީ ދެވަނަ ބުރުގެ ޖާގަ އެއް ޔަގީން ކޮށްފައެވެ.

.މި މެޗް ގެ މޭން އޮފް ފަ މެޗަށް ހޮވިފައިވަނީ ޔުނައިޓެޑް ވީ ގެ ޝައްފާންއެވެ

މިއަދު ކުޅުނު ދެވަނަ މެޗްގައި ޑިކޭ ޔުނައިޓެޑް އާއި ކިހާދް މޯލްޑީވްސް ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ކުޅުނު ދެވަނަ މެޗްގައި ޑިކޭ ޔުނައިޓެޑް އާއި ކިހާދް މޯލްޑީވްސް ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުުގައި ޓީމް ކިހާދް އާއި ޑީކޭ ޔުނައިޓެޑް ބައްދަލުކުރި މެޗު ނިމުނީ 2-4 ގެ ނަތީޖާއަކުން ޑީކޭ ޔުނައިޓެޑް މޮޅުވެގެންނެވެ. މެޗުގެ ފުރަތަމަ ގޯލް ޖަހާ ކުރި ހޯދީ ކިހާދުއްފަރު ޓީމެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މައުމޫން އަބްދުލް ޤައްޔޫމެވެ. ކިހާދުއްފަރުން ލަނޑު ޖެހިތާ މާ ގިނަ އިރުތަކެއް ނުވެ ޑީކޭ ޔުނައިޓެޑްގެ ޝާހީ މޫސާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ބަދަލްކޮށްލާފައެވެ. ދެވަނަ ހާފްގެ ފުރަތަމަ މިނިޓްގައި އަނެއްކާވެސް ޝާހީ މޫސާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާގެ ފަރަގު ބޮޑުކޮށްފައެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ދެޓީމަށްވެސް ލިބުން މި މެޗްގައި އަނަންތަރާގެ 2 ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އިބްރާޙިމް ރަޝީދެވެ. އެހެންނަމަވެސް އޭގެ 2 މިނިޓް ފަހުން ޑިކޭ ޔުނައިޓެޑްގެ ޝާހީ މުސާ ވަނީ ލަނޑެއް ޖަހާ ހެޓްރިކް ހަދާފައެވެ. ޑީކޭ ޔުނައިޓެޑް ގެ ފަހު ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޝަރިފް އަބްދުލް މަޖީދް (ޕަޓޯ)އެވެ. މިި މެޗުން މޮޅުވި ޑިކޭ ޔުނައިޓެޑް ވެސް ވަނީ ދެވަނަ ބުރުގެ ޖާގައެއް ޔަގީން ކޮށްފައެވެ.

.މި މެޗް ގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ މި މެޗްގައި ހެޓްރިކްވެސް ހެދި ޝާހީ މޫސާއެވެ

މި ނަތީޖާތަކާއެކު ގްރޫޕް އޭގެ އެއްވަނައިގެ ގޮތުގައި ކުއާޓާ ފައިނަލަށް ދިޔާއީ ސޮނެވާފުށި ރިސޯޓެވެ. އޭ ގްރޫޕް ގެ ދެވަނައިގެ ގޮތުގައި ކުއާޓާ ފައިނަލަށް ދިޔައީ ފެއިމްސް ޔުނައިޓެޑްއެވެ. ގްރޫޕް ބީގެ އެއްވަނަ އަށް ރޯޔަލް ދިޔައިރު ދެވަނަ އަށް ގޮސްފާވަނީ އަނަންތަރާ ރިސޯޓެވެ. ގްރޫޕް ސީ ގެ އެއްވަނައިގެ ގޮތުގައި ކުއާޓާ ފައިނަލަށް ޔުނައިޓެޑް ވީ ދިޔައިރު ދެވަނައިގަ ދިޔައީ އަމިއްލަފުށި ރިސޯޓެވެ. ގްރޫޕް ޑީގެ އެއްވަނައަށް ޑީކޭ ޔުނައިޓެޑް ދިޔައިރު ދެވަނަ އަށް ދިޔައީ ކިހާދުއްފަރު ރިސޯޓެވެ

.މި ހުރިހާ ޓީމް ތަކެއްގެ މެދުގައި މިއަދު ހަވީރު ވަނީ ކުއާޓާ ފައިނަލް ގުރުނެމުގެ ކުޑަ ރަސްމީޔާތެއް ފުޓްބޯޅަ ދަނޑުގައި ބާއްވާފައެވެ

ދެވަނަ ބުރުގެ ޝެޑިޔުލް
ކުއާޓާ ފައިނަލްގެ ޝެޑިޔުލް

.ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބައްދަލު ކުރާނީ ޑީކޭ ޔުނައިޓެޑް އާއި ފެއިމްސް ޔުނައިޓެޑްއެވެ. ދެވަނަ މެޗުގައި އަމިއްލަ ފުށި ރިސޯޓާ ދެކޮޅަށް ނިކުންނާނީ ސޮނެވާފުށި ރިސޯޓެވެ

.މުބާރާތުގެ މެއިން ސްޕޮންސަރަކީ ދިރާގު އެވެ. ބެވަރޭޖް ޕާޓްނަރަކަށް ކޮކާކޯލާ ކޮމްޕެނީ ހަމަޖައްސާފައިވާއިރު މީޑިއާ ޕާޓްނަރަކީ މިފަހަރުވެސް އީޓީ އެެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.