މަނާ ސަރަހައްދަކުން ވެލި ބަރުކޮށްގެން ދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެ

Aerial-(3)

ބ. އަތޮޅުގައި ވެލި ނެގުން މަނާ ސަރަހައްދަކުން ވެލި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް ބ. ވިލިނގިލި ކައިރިއަށް އަޑިއަށް ހިނގައްޖެ އެވެ.

ހޯމަ ދުވަހު ހިނގި މި ހާދިސާ ގައި އަޑިއަށް ގޮސްފައިވަނީ ކޮކޯޕާމް ރިސޯޓުގެ ދޯންޏެކެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނިލިބެ އެވެ.

ދޯނި އަޑިއަށް ދިޔައީ ދޯނީގައި ހުރި ދިޔަހިއްކާ ޕަންޕު ނިވިގެން ދިޔަގަނޑު ކޮންޓްރޯލް ނުވެގެން ކަމަށްވެ އެވެ. އަދި ދޯނި އަޑިއަށް ދާން ފެށުމުން އެވަގުތު ދޯނީގައި ތިބި ދެމީހުން ވަނީ ދޯނި ދޫކޮށް ކައިރީގައި އޮތް އެނބޫދޫއަށް ފަތާފައި ގޮސް އަރާފައެވެ.

އަޑިއަށް ދިޔަ ދޯނި ހޯދުމުގެ މަސައްކަތް ކޮކޯޕާމް ރިސޯޓުން ކުރަމުންދާއިރު ދޯނި އަޑިއަށް ދިޔައީ ޤަވާއިދާ ޚިލާފަށް ވެލި ނަގައިގެން ދަތުރު ކުރަނިކޮށް ކަމަށްވާތީ އެރިސޯޓުން މިހާދިސާ ރިޕޯޓް ކޮށްފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ބުނިގޮތުގައި ދޯންޏެއް އަޑިއަށް ދިޔަ ކަމުގެ ރިޕޯޓް އާންމު ފަރާތަކުން ކުރުމާގުޅިގެން އެކަން އަންނަނީ ބަލަމުންނެވެ. ފުލުހުން ބުނީ އަޑިއަށް ދިޔަ ދޯނިން އަދި ރިސޯޓުން ވެސް މިހާދިސާ ފުލުހުންނަށް ރިޕޯޓް ކޮށްފައި ނުވާ ކަމަށެވެ.
އަޑިއަށް ދިޔަ ދޯނި ދުއްވަން ހުރީ ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް ވެސް ނެތް މީހެއް ކަމަށްވެ އެވެ.

ބ.އަތޮޅަކީ ބަޔޮސްފިޔާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައި އޮންނަ އަތޮޅަކަށް ވާތީ މިއަތޮޅުގެ އެއްވެސް ސަރަހައްދަކުން ވެލި ނެގުމަކީ މަނާ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.