އެންމެ ފަހުގެ ޗެންޕިއަން ސޮނެވާ އަދި ފެއިމްސް ޔުނައިޓެޑް ސެމީއަށް

މިއަދު ކުޅުނު ފުރަތަމަ މެޗްގައި ޔުނައިޓެޑް އާއި ފެއިމްސް ޔުނައިޓެޑް ކުޅެނީ ޑީކޭ| އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ކުޅުނު ފުރަތަމަ މެޗްގައި ޑީކޭ ޔުނައިޓެޑް އާއި ފެއިމްސް ޔުނައިޓެޑް ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

.މިހާރު ބ.އޭދަފުށީގައި ކުރިޔަށްދާ އެންމެ އަގު ބޮޑު ފުޓްސަލް މުބާރާތް މަރްޙޫމް އަހުމަދު ޝާހީން މެމޯރިއަލް ފުޓްސަލް ޗެލެންޖައި މިއަދު ކުޅުނު މެޗުތަކުން ސޮނެވާފުށި އަދި ފެއިމްސް ޔުނައިޓެޑް މޮޅުވެއްޖެއެވެ

މިއަދު ހަވީރު ކުޅުނު ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ފެއިމްސް ޔުނައިޓެޑް މޮޅުވީ 1-2 ގެ ނަތީޖާއަކުން ޑީކޭ ޔުނައިޓެޑް ބަލިކޮށްގެންނެވެ. މެޗްގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ޑީކޭ ޔުނައިޓެޑް އިންނެެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޝާހީ މޫސާއެވެ. އެހެން ނަމަވެސް ދެވަަނަ ހާފް ފެށިތާ 2 މިނިޓް ތެރޭ ކާމިޔާބު ކޮށްދިނީ އަބްދުލް ސަލާމެވެ. ފެއިމްސް ޔުނައިޓެޑް މޮޅު ކޮށްދިން ލަނޑުވެސް ކާމިޔާބު ކޮށްދިނީ އަބްދުލް ސަލާމެވެ. މި މެޗް ފެއިމްސް ޔުނައިޓެޑް ކުޅުނީ އެޓީމުގެ މުހިންމު 2 ކުޅުންތެރިން ކަމަށްވާ އިޝާން އަދި އަބްދުﷲ ޒަޢީމްނުލައެވެ. ފެއިމްސް ޔުނައިޓެޑް އަކީ މި މުބާރާތުގެ ފުރަތަމަ ޗެންޕިއަންއެވެ.

.މި މެޗްގެ ގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ފެއިމްސް ޔުނައިޓެޑް ގެ ގޯލް ކީޕަރ ސަންމޫން މުހައްމަދެވެ

މިއަދު ކުޅުނު ދެވަނަ މެޗްގައި ސޮނެވާފުށި އާއި އަމިއްލަފުށި ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ކުޅުނު ދެވަނަ މެޗްގައި ސޮނެވާފުށި އާއި އަމިއްލަފުށި ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިއަދު ކުޅުނު ކުއާޓާ ފައިނަލްގެ ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެންޕިއަން ސޮނެވާފުށި މޮޅުވީ 2-9 ތަފާތު ބޮޑު ނަތީޖާއަކުން އަމިއްލަފުށި ރިސޯޓް ބަލިކޮށްގެންނެވެ. މެޗް ގެ 3 ވަނަ މިނިޓްގައި އަމިއްލަފުށީގެ އަލީ ސަމީއު ވަނީ މެޗްގެ ފުރަތަމަ ލަނޑުޖަހާފައެވެ. ނަމަވެސް އޭގެ 3 މިނިޓް ފަހުން އަމިއްލަފުށީގެ ތިހާމް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ސޮނެވާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެ ޓީމުގެ ކީޕަރ އާދަމް ނިޒާމްއެވެ. ސޮނެވާގެ 2 ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހިމް މާޖިދްއެވެ. މާޖިދް ލަނޑު ޖެހިތާ 1 މިނިޓް ފަހުން އަނެއްކާވެސް ސޮނެވާފުށިން ވަނީ އެޓީމުގެ 3 ވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަޒްމީންއެވެ. ސޮނެވާގެ 4 ވަނަ ލަނޑުވެސް ކާމިޔާބު ކޮށްދިނީ އަޒްމީންއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި ސޮނެވާގެ 5 ވަނަ ލަނޑު ޖެހީ ޝަޑޫ މުހައްމަދުއެވެ. ފުރަތަމަ ހާފް ނިމެން 1 މިނިޓްއަށް ވެފައި ވަނިކޮށް އަމިއްލަފުށީގެ 2 ވަަނަ ލަނޑު ކާމިޔާބު ކޮށްދިނީ ހުސައިން ޝިފާހްއެެވެ. ދެވަނަ ހާފް ފެށިތާ މާ ގިނަ އިރުތަކެއްނުވެ ސޮނެވާ އިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހިމް މާޖިދްއެވެ. ދެން ފެނިގެން ދިޔައީ ސޮނެވާގެ އަޒްމީން ލަނޑެއް ޖަހާ ހެޓްރިކްހެދިތަނެވެ. ގިނަ ލަނޑު ތަކެއް ފެނިގެން ދިޔަ މި މެޗްގައި ސޮނެވާގެ 8 ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އެޓީމުގެ ކީޕަރ އާދަމް ނިޒާމްއެވެ. މިއީ އޭނާ މިމެޗްގައި ޖެހި 2 ވަނަ ލަނޑެވެ. މެޗް ނިމެން 5 މިނިޓަށް ވެފައި ވަނިކޮށް 2 ޓީމްގެ ކުޅުންތެރިންގެ މެދުގައި ކުޑަ ހަމަ ނުޖެހުމެއް ހިނގާ އަމިއްލަފުށީގެ ހުސެން ޝިފާހް އަށް ރަތް ކާޑް ދެއްކި އިރު ސޮނެވާގެ ޝަޑޫ މުހައްމަދަށް ވަނީ ރީނދޫ ކާޑް ދައްކާފައެވެ. މެޗް ނިމެން 1 މިނިޓް އަށް ވެފައި ވަނިކޮށް ސޮނެވާގެ މާޖިދްވަނީ ލަނޑެއް ޖާހާ ހެޓްރިކް ހަދާފައެވެ. މި ނަތީޖާ އާއެކު ސޮނެވާފުށި ވަނީ މި މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ޔަގީން ކޮށްފައެވެ.

.މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ މި މެޗްގައި ހެޓްރިކްވެސް ހެދި ސޮނެވާފުށީގެ އަޒްމީންއެވެ

.މާދަމާ އޮންނަ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބައްދަލު ކުރާނީ ޔުނައިޓެޑް ވީ އާއި އަނަންތަރާއެވެ. ދެވަނަ މެޗުގައި ކިހާދް މޯލްޑިވްސް ދެކޮޅަށް ނިކުންނާނީ ރޯޔަލްއެވެ

.މުބާރާތުގެ މެއިން ސްޕޮންސަރަކީ ދިރާގު އެވެ. ބެވަރޭޖް ޕާޓްނަރަކަށް ކޮކާކޯލާ ކޮމްޕެނީ ހަމަޖައްސާފައިވާއިރު މީޑިއާ ޕާޓްނަރަކީ މިފަހަރުވެސް އީޓީ އެެވެ

 

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.