ހަވީރު ނޫހާއި އޮންލައިން އަކީ ހަވީރު މީޑިއާ ގްރޫޕުގެ މިލްކެއް: އެޗްއެމްޖީ

ދުވަހު ނޫސް ހަވީރުގެ އިދާރާ.--އަވަސް ފޮޓޯ: މުހައްމަދު އަޒާން
ދުވަހު ނޫސް ހަވީރުގެ އިދާރާ.–އަވަސް ފޮޓޯ: މުހައްމަދު އަޒާން

ހަވީރު ނޫހާއި ހަވީރު އޮންލައިން އަކީ، ހަވީރު މީޑިއާ ގުރޫޕު [އެޗްއެމްޖީ]ގެ މިލްކެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހަވީރު ނޫހާއި ހަވީރު އޮންލައިން އަކީ އެކުންފުނީގެ ނަމުގައި ރަޖިސްޓްރީކޮށް ޝާއިއުކުރެވެމުންދާ އެކުންފުނީގެ މިލްކެއް ކަމަށެވެ. އަދި އަދި އެ ކުންފުނީގައި ޑރ. މުހައްމަދު ޒާހިރު ހުސައިންގެ އެއްވެސް ހިއްސާއެއް އޮތް ނޯންނާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

“ހަވީރު ނޫހާއި ހަވީރު އޮންލައިން އަކީ ހަވީރު މީޑިއާ ގުރޫޕް ޕްރައިވެޓް ލިމިޓެޑްގެ މިލްކުވެރި ތަކެތި ނޫންކަމުގައި އެއްވެސް ޝަރުއީ ކޯޓަކުން މިހާތަނަށް ކަނޑައަޅުއްވާފައެއް ނުވެއެވެ” އެ ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ހަވީރު ނޫހާއި ހަވީރު އޮންލައިން މިހާރު ޝާއިރުކުރަމުން ނުދަނީ އެއާ ގުޅޭގޮތުން އުފެދިފައިވާ ހިލާފަކާ ގުޅިގެން ހަވީރު މީޑިއާ ގުރޫޕުން ގާނޫނީ ލަފާ ހޯދަމުންދާތީ ކަމަށެވެ. އަދި ހަވީރު މީޑިއާ ގުރޫޕްގެ ހައްގުތަކާއި މަސްލަހަތުތައް ހިމާޔަތްކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ހަވީރު ނޫސް ހުއްޓާލާފައިވާތީ އެ ނޫސް ފަށަން އެންގުމުގެ އަމުރަކަށް، ބައެއް ހިއްސާދާރުން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށައަޅާފައެވެ. އެ މައްސަލައިގެ އަޑުއެހުމެއް މާދަމާ އޮންނާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.