.ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމުކޮށްގެން އޭދަފުށީގައި ކޯސްތަކެއް ފެށުމަށް ނިންމާފައިވާކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ
.އޭދަފުށީ ކައުންސިލުން ބުނި ގޮތުގައި ފަންނުވެރިން އިތުރު ކުރުމުގެ ގޮތުން އެންސީއޭއިން އޭދަފުށީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކޯސްތަކަކީ ފޮޓޯ ގްރަފީއާއި، އާޓްސް އަދި މިއުޒިކް ދަސްކޮށްދިނުމުގެ ކޯކެވެ
.ދެ ޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ފެށުމަށް ތައްޔާރުވަމުން އަންނަ އެ ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. މި ކޯސްތަކާގުޅޭ މާ ބޮޑު ތަފްސީލެއް އަދި ނުލިބެ އެވެ
.ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ޒުވާނުން އޭޕްރިލް 24 ގެ ކުރިން ކޯހުގައި ނަމާއި އެޑްރެސް އަދި ފޯން ނަންބަރު ބަޔާންކޮށް އޭދަފުށީ ކައުންސިލަށް ސިޓީއަކުން ހުށަހަޅަން ޖެހެއެވެ
.އެންސީއޭ އިން އިންތިޒާމުކޮށްގެން ދަވަރަންދޫގައިވެސް ފޮޓޯ ގްރަފީކޯހެއް ފަށަން ވަނީ އިއުލާން ކޮށްފަ އެވެ