ސެމީގެ ފަހު ޖާގަތައް ޔުނައިޓެޑް ވީ އަދި ރޯޔަލް ހޯދައިފި

މިއަދު ކުޅުނު ފުރަތަމަ މެޗްގައި ޔުނައިޓެޑް ވީ އާއި އަނަންތަރާ ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ކުޅުނު ފުރަތަމަ މެޗްގައި ޔުނައިޓެޑް ވީ އާއި އަނަންތަރާ ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

.މިހާރު ބ.އޭދަފުށީގައި ކުރިޔަށްދާ އެންމެ އަގު ބޮޑު ފުޓްސަލް މުބާރާތް މަރްޙޫމް އަހުމަދު ޝާހީން މެމޯރިއަލް ފުޓްސަލް ޗެލެންޖައި މިއަދު ކުޅުނު ކުއާޓާ ފައިނަލްގެ މެޗުތަކުން ޔުނައިޓެޑް ވީ އަދި ރޯޔަލް މޮޅުވެއްޖެއެވެ

މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ވީ މޮޅުވީ އަނަންތަރާ އާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ. މެޗްގެ ހަމައެކަނި ގޯލް ޔުނައިޓެޑް ވީ އަށް ކާމިޔާބު ކޮށްދިނީ އަބްދުﷲ ޝައްފާންއެވެ.  މި މެޗްގައި ދެ ޓީމަށް ވެސް ގޯލް ޖަހާނެ ރަނުގެ ގިނަ ފުރުސަތުތަކެއް ލިބި ވަނީ ކާމިޔާބު ކުރެވޭތޮތް ނުވެފައެވެ. މި ނަތީޖާ އާއިއެކު ޔުނައިޓެޑް ވީއިން ވަނީ ސެމީފައިނަލުން ޖާގައެއް ޔަގީންކޮށްފައެވެ.

.މި މެޗްގެ މޭން އޮފްދަ މެޗަކަށް ހޮވިފައިވަނީ ޔުނައިޓެޑް ވީގެ ގޯލް ކީޕަރ އަފްޒަލް އިބްރާހިމްއެވެ

މިއަދު ކުޅުނު ދެވަނަ މެޗްގައި ރޯޔަލް އާއި ކިހާދުއްފަރު ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ކުޅުނު ދެވަނަ މެޗްގައި ރޯޔަލް އާއި ކިހާދުއްފަރު ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިއަދު ކުޅުނު ކުއާޓާ ފައިނަލްގެ ދެވަނަ މެޗުން ރޯޔަލް މޮޅުވީ 4-6 ގެ ނަތީޖާއަކުން ކިހާދުއްފަރު ރިސޯޓް ބަލިކޮށްގެންނެވެ. މެޗް ފެށިތާ ފުރަތަމަ މިނިޓް ތެރޭ އަނަސް މުހައްމަދު ވަނީ ރޯޔަލް ޓީމަށް ގޯލެއް ޖަހާދީފައެވެ. އޭގެ 8 މިނިޓް ފަހުން ރޯޔަލްގެ މުހައްމަދު ރިޔާޒް ވަނީ އެޓީމަށް އިތުރު ލަނޑެ ކާމިޔާބު ކޮށްދީ ނަތީޖާގެ ފަރަގު ބޮޑުކޮށްފައެވެ. ފޯރިގަދަ ކުޅުމެއް ދެ ޓީމްގެ ފަރާތުން ފެނިގެން ދިޔަ މިމެޗް ގެ 3 ވަނަ ލަނޑުވެސް ޖެހީ ރޯޔަލްއިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ފަޔާޒްއެވެ. ފުރަތަމަ ހާފްގެ 17 ވަނަ މިނިޓް ގައި ކިހާދުއްފަރުގެ ވައްހާބު ވަނީ އެޓީމްގެ ފުރަތަމަ ލަނޑު ޖަހާފައެވެ. ދެވަނަ ހާފްގެ 4 ވަނަ މިނިޓްގައި އަނެއްކާވެސް ރޯޔަލްގެ ފަޔާޒް ވަނީ އޭނާގެ 2 ވަނަ ލަނޑު ޖަހާފައެވެ. އެއަށް ފަހު ފެނިގެން ދިޔައީ ކިހާދުއްފަރުން ފުލުފުލުގައި ގޯލްތަށް ޖެހިތަނެވެ. 19 ވަނަ މިިނިޓްގައި އަލީ ހުސައިން ލަނޑު ޖެހިއިރު 20 ވަނަ މިނިޓްގައި މައޫމޫން ވަނީ ކިހާދުއްފަރަށް އިތުރު ގޯލްއެއްޖާހާ ނަތީޖާގެ ފަރަގު ބޮޑުކޮށްފައެވެ. ނަމަވެސް މެޗްގެ އެންމެ ފަހު ވަގުުތު ރޯޔަލް ޓީމުން ވަނީ 2 ލަނޑުޖަހާފައެވެ. މި ދެ ލަނޑު ވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހިމް ޝަރީފްއެވެ. މެޗްގެ އެންމެ ފަހު ގޯލް ޖެހީ އަނަންތަރާގެ މުހައްމަދު އަޒްހަމްއެވެ. މި ނަތީޖާއާ އެކު ރޯޔަލް ޓީމުން ވަނީ ސެމީގެ ފަހު ޖާގާ ހޯދާފައެވެ.

.މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ރޯޔަލް ޓީމުގެ ކެެޕްޓަން މުހައްމަދު ރިޔާޒްއެވެ

.މާދަމާ އޮންނާނީ މި މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތަކެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ފެއިމްސް ޔުނައިޓެޑް އަދި ޔުނައިޓެޑް ވީއެވެ. ދެވަނަ މެޗުގައި ރޯޔަލް އާ ދެކޮޅަށް ނުކުންނާނީ އެންމެ ފަހުގެ ޗެންޕިއަން ސޮނެވާފުށި ރިސޯޓްއެވެ

.މުބާރާތުގެ މެއިން ސްޕޮންސަރަކީ ދިރާގު އެވެ. ކޯ ސްޕޮންސަރުންނަކީ އެސްޓީއޯ އަދި ރެޑްވޭވްއެވެ. ބެވަރޭޖް ޕާޓްނަރަކަށް ކޮކާކޯލާ ކޮމްޕެނީ ހަމަޖައްސާފައިވާއިރު މީޑިއާ ޕާޓްނަރަކީ މިފަހަރުވެސް އީޓީ އެެވެ

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.