އެންމެ ފަހުގެ ޗެންޕިއަން ސޮނެވާ އަދި ޔުނައިޓެޑް ވީ ފައިނަލަށް

މިއަދު ކުޅުނު ފުރަތަމަ މެޗްގައި ޔުނައިޓެޑް ވީ އާއި ފެއިމްސް ޔުނައިޓެޑް ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ކުޅުނު ފުރަތަމަ  ސެމީ ފައިނަލް މެޗްގައި ޔުނައިޓެޑް ވީ އާއި ފެއިމްސް ޔުނައިޓެޑް ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

.މިހާރު ބ.އޭދަފުށީގައި ކުރިޔަށްދާ އެންމެ އަގު ބޮޑު ފުޓްސަލް މުބާރާތް މަރްޙޫމް އަހުމަދު ޝާހީން މެމޯރިއަލް ފުޓްސަލް ޗެލެންޖައި މިއަދު ކުޅުނު ސެމީ ފައިނަލްގެ މެޗުތަކުން ސޮނެވާފުށި އަދި ޔުނައިޓެޑް ވީ މޮޅުވެއްޖެއެވެ

މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ވީ މޮޅުވީ ފެއިމްސް ޔުނައިޓެޑް އާ ވާދަކޮށް 1-6 ގެ ނަތީޖާއަކުންނެވެ. މެޗްގެ ފުރަތަމަ ގޯލް ޖަހާ ކުރި ހޯދީވެސް ޔުނައިޓެޑް ވީއިންނެވެ. މި ލަނޑު މެޗުގެ 5 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިނީ އަބްދުﷲ ޝައްފާންއެވެ. އޭގެ 5 މިނިޓް ފަހުން އަނެއްކާވެސް ޔުނައިޓެޑްވީގެ މުހައްމަދު ފާސިރު ވަނީ އިތުރު 2 ލަނޑު ޖަހާ ނަތީޖާގެ ފަރަގު ބޮޑުކޮށްފައެވެ. މެޗްގެ 11 ވަނަ މިނިޓްގައި ޔުނައިޓެޑް ވީގެ އަބްދުﷲ ޝައްފާން ވަނީ އޭނާގެ 2 ވަނަ ލަނޑު ޖަހާފައެވެ. ފުރަތަމަ ހާފް ނިމުނީ 0-4 ގެ ނަތީޖާއަކުން ޔުނައިޓެޑް ވީ ކުރީގައި އޮވެގެންނެވެ. މި މެޗްގައި ފެއިމްސް ޔުނައިޓެޑްއިން ޖެހި ހަމަ އެކަނި ގޯލް ކާމިޔާބު ކޮށްދިނީ އިޝާން އިބްރާހިމް (ސައްޓު) އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި ޔުނައިޓެޑް ވީގެ 5 ވަނަ ލަނޑު ކާމިޔާބު ކޮޮށްދިނީ އަބްދުﷲ ޝައްފާންއެވެ. މިއީ އެނާ މިޗްގައި ޖެހި 3 ވަނަ ލަނޑެވެ. ޔުނައިޓެޑް ވީގެ ފަހު ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު ހަނީފްއެވެ. މި ނަތީޖާ އާއެކު ޔުނައިޓެޑް ވީ ވަނީ މި މުބާރާތުގެ ފައިނަލުން ޖާގައެއް ހޯދާފައެެވެ.

.މި މެޗްގެ މޭން އޮފްދަ މެޗަކަށް ހޮވިފައިވަނީ މި މެޗް ގައި ހެޓްރިކްވެސް ހެދި ޔުނައިޓެޑް ވީގެ އަބްދުﷲ ޝައްފާންއެވެ

މިއަދު ކުޅުނު ދެވަނަ މެޗްގައި ރޯޔަލް އާއި  ސޮނެވާ ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ރޯޔަލް އާއި ސޮނެވާ ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިއަދު ކުޅުނު ސެމީފައިނަލް ގެ ދެވަނަ މެޗުގައި ރޯޔަލް އާއި ސޮނެވާ ބައްދަލުކުރި މެޗް ނިމުނީ 2-5 ގެ ނަތީޖާއަކުން ސޮނެވާފުށި ރިސޯޓް މޮޅުވެގެންނެވެ. މެޗްގެ 17 ވަނަ މިނިޓްގައި ސޮނެވާފުށީގެ އިބްރާހިމް މާޖިދް ވާނީ މެޗްގެ ފުރަތަމަ ލަނޑު ޖަހާފައެވެ. ފުރަތަމަ ހާފް ނިމެން 1 މިނިޓް އަށް ވެފައި ވަނިކޮށް ސޮނެވާފުށިން ވަނީ އެޓީމްގެ 2 ވަނަ  ލަނޑު ޖަހާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޝަޑޫ މުހައްމަދުއެވެ. ރޯޔަލް ޓީމުގެ ފުރަތަމަ ލަނޑު ދެވަނަ ހާފް ފެށިތާ 5 ވަނަ މިނިޓް ތެރޭ ކާމިޔާބު ކޮށްދިނީ މުހައްމަދު ރިޔާޒްއެވެ. ނަމަވެސް އޭގެ 1 މިނިޓް ފަހުން ސޮނެވާފުށީގެ އަބްދުލް މަޖީދް (މަޖިއްޓޭ) ވަނީ ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ބޮޑުކޮށްފައެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުން މެޗް ބަލަން އައި މި މެޗްގައި ރޯޔަލް ޓީމުގެ 2 ވަނަ ލަނޑުވެސް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ މުހައްމަދު ރިޔާޒްއެެވެ. ދެވަނަ ހާފްގެ 15 ވަނަ މިނިޓްގައި ސޮނެވާފުށިން ވަނީ އެޓީމްގެ 4 ވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަޒްމީންއެވެ. ފުރަތަމަ ހާފް ނިމެން ކައިރި ވެފައި ވަނިކޮށް ސޮނެވާފުށީގެ ފަހު ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަބްދުލް މަޖީދް (މަޖިއްޓޭ) އެވެ. މި ނަތީޖާ އާއެކު ސޮނެވާފުށި ފައިނަލް މެޗުގައި އަންނަ އާދިއްތަ ދުވަހު ބައްދަލު ކުރާނީ ޔުނައިޓެޑް ވީއާއެވެ.

.މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ސޮނެވާފުށި ޓީމްގެ ކެޕްޓަން ކެެޕްޓަން އަބްދުލް މަޖީދް (މަޖިއްޓޭ) އެވެ

.މިއަދު ކުޅުނު ސެމީފައިނަލްގެ 2 މެޗް ވެސް ވަނީ ކްލަބް ދަ ބިގިނާރސް ފޭސްބުކް ޕޭޖް އިން ލައިވް ސްޓްރީމްކޮށްފައެވެ

.މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ އަންނަ އާދިއްތަ ދުވަހު ހަވީރު 4:30 ގައެވެ. މި މެޗް އޭދަފުށި ޓައިމްސް ފޭސްބުކް ޕޭޖް އިން ލައިވް ސްޓްރީމް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ

.މުބާރާތުގެ މެއިން ސްޕޮންސަރަކީ ދިރާގު އެވެ. ކޯ ސްޕޮންސަރުންނަކީ އެސްޓީއޯ އަދި ރެޑްވޭވްއެވެ. ބެވަރޭޖް ޕާޓްނަރަކަށް ކޮކާކޯލާ ކޮމްޕެނީ ހަމަޖައްސާފައިވާއިރު މީޑިއާ ޕާޓްނަރަކީ މިފަހަރުވެސް އީޓީ އެެވެ

 

 

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.