އޭދަފުށީގެ މަގުތައް ހެދުމުގެ މަސައްކަތް މިމަހު ފަށަނީ

އޭދަފުށި ބޭރުމަގު | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
އޭދަފުށި ބޭރުމަގު | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

.އޭދަފުށީގެ މަގުތައް ތާރުއަޅައިގެން ރަނގަޅު ފެންވަރަކަށް ހެއްދެވުމުގެ މަސައްކަތް މިމަހުގެ ފަހުކޮޅު ރަސްމީގޮތުން ފަށްޓަވަން ހަމަޖައްސަވައިފިއެވެ

މޯލްޑިވްސް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަނުން ޕީ.އެސް.އެމް އަށް މަޢުލޫމާތު ދެމުން ބުނީ މި މަޝްރޫޢުގެ ދަށުން އޭދަފުށީގެ 14 މަގެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭދަފުއްޓަކީ އުމްރާނީ ތަރައްގީގެ ރޮނގުން މެދުރާއްޖެތެރެއިން ފާހަގަކޮށްލެވޭ ފެންވަރުގެ ރަށެކެވެ. ދުވަހެއް ދުވަހަކަށް ރަށަށް އަންނަ ތަރައްގީއާއެކު ރަށުގައި ދުއްވާ އެއްޗެހި ގިނަވެ މަގުތަށް އަޑިގުޑަން ވުމުގެ ސަބަބުން އެމައްސަލައަށްހައްލެއް ގެންނައުމަށް ސަރުކާރުން މިހާރުވަނީ އެރަށުގެ ސާދަ މަގެއް ރަނގަޅު ފެންވަރަކަށް ތާރު އަޅައިގެން ހެއްދެވުމަށް މޯލްޑިވްސް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަނާއި ހަވާލުކުރައްވާފައެވެ

.އޭދަފުށީ ކައުންސިލުގެ ޒިންމާދާރު ވެރިޔާ ނިޢުމާ އަޙުމަދު  ވިދާޅުވީ، މަގުތަކުގައި ދަތުރުކުރުމަށް ދަތިވެ އެކަމުގެ އުނދަގޫ ކުރިމަތިވާން ފެށިތާ ގިނަ ދުވަސްތަކެއް ވެފައިވާކަމަށެވެ. އަދި މަގުހެދިގެން ދިއުމުން ވަރަށް ގިނަ ފަސޭހަތަކަކާއި، ކުރިއެރުންތަކެއް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ

އޭދަފުށިގެ މަގު ހެދުމައްޓަކައި ބޭނުންވާ ސާމާނު ގެނެސް، ސައިޓް ހެދުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު މިހާރު ވަނީ އޭދަފުށްޓަށް ގެނަސްފައެވެ. އޭދަފުށީގައި ހުންނަވައިގެން ޕީ.އެސް.އެމް އަށް މައުލޫމާތު ދެއްވަމުން އެމް.އާރު.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޒީމް ވިދާޅުވީ، މިމަހުގެ ފަހުކޮޅު .މަސައްކަތް ރަސްމީކޮށް ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަށް ވަމުންދާ ކަމަށެވެ. އެންމެ ފުރަތަމަ ކުރިއަށްގެންދަވާނީ، ދުވާރު ހެދުމާއި، ކޭބަލްތައް ވަޅުލުންފަދަ މަސައްކަތްތައް ކަމަށް ނަޒީމް ވިދާޅުވިއެވެ

ސަރުކާރުން ކުރިއަށް ގެންދަވާ ބިން ހިއްކުމުގެ މަޝްރޫޢުތަކުގެ ދަށުން އޭދަފުށީގެ ބިން ހިއްކާފައިވީ ނަމަވެސް  މިހާރު ފައްޓަވަން ހަމަޖެހިފައިވާ މަގުހެދުމުގެ މަޝްރޫއުގައި  ކުރިއަށްދާނީ ނަރުދަމާގެ ނިޒާމު ޤާއުމުކުރެވިފައިވާ، ރަށުގެ އެތެރޭގެ ބޮޑެތި މަގުތަކުގައެވެ. ސަރުކާރުގެ ބަޖެޓުން ތިރީހަކަށް މިލިޔަން .ރުފިޔާ ޚަރަދުކޮށްގެން ހައްދަވާ އޭދަފުށީގެ މަގުހެދުމުގެ މަސައްކަތް 8 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އެމް.އާރު.ޑީ.ސީން ވިދާޅުވެއެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.