ފުޑް އޭޝިއާ ކަލިނަރީ ޗެލެންޖުން ސޮބާ އަށް ސުވާސާ މެޑަލް ލިބިއްޖެ

"ފުޑް އޭޝިއާ 2016 - އެފްއެޗްއޭ ކަލިނަރީ ޗެލެންޖު"ގައި، ރާއްޖެއިން ބައިވެރިވި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ޓީމު -- ފޮޓޯ: ޝެފްސް ގިލްޑް އޮފް މޯލްޑިވްސް
“ފުޑް އޭޝިއާ 2016 – އެފްއެޗްއޭ ކަލިނަރީ ޗެލެންޖު”ގައި، ރާއްޖެއިން ބައިވެރިވި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ޓީމު — ފޮޓޯ: ޝެފްސް ގިލްޑް އޮފް މޯލްޑިވްސް

ސިންގަޕޫރުގައި އޮތް ފުޑް އޭޝިޔާ 2016، އެފްއެޗްއޭ ކަލިނަރީ ޗެލެންޖް”ގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ޓީމުގައި ހިމެނުނު އޭދަފުށީ ބިންހިމަގޭ ސޮބާއަށް ސުވާސާ މެޑެލް ލިބިއްޖެ އެވެ.

ސޮނޭވާ ފުށީގެ ސޫ ޝެފްގެ މަގާމުގައިހުރި ސޮބާއަށް މި މެޑެލް ލިބުނީ “ހޮޓް ކުކިން-ލައިވް ” ކެޓަގަރީގައި ވާދަކޮށްގެންނެވެ. ސޮބާއާއެކު އެކު އެޓީމްގައި ރާއްޖެއިން ބައިވެރިވި އަބްދުއްރަޝީދުއަށް ވަނީ “ޑްރެސް ދަ ކޭކް” ކެޓަގަރީން ރިހި މެޑެލް ލިބިފައެވެ.

ސޮބާ ވަނީ މިދިޔަ އަހަރު ބޭއްވި އެފް.އެޗް.އޭ.އެމް 2015 ގެ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް އެންޑް އެގްޒިބިޝަނުންވެސް ގިނަ މެޑަލްތަކެއް ހާސިލުކޮށްފަ އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ކެއްކުމުގެ ހުނަރުވެރިކަން އިތުރުކުރުމުގެ ރޮނގުން ގައުމީ އިނާމުވެސް ސޮބާ ވަނީ މިދިޔަ އަހަރު ހާސިލުކޮށްފަ އެވެ.

“ފުޑް އޭޝިއާ 2016 – އެފްއެޗްއޭ ކަލިނަރީ ޗެލެންޖު”ގައި، ރާއްޖޭގެ ފަރާތުން ބައިވެރިވި ޓީމުގައި ހިމެނެނީ ޖުމްލަ ހަތަރު ޝެފުންނެވެ. މި ޓީމު މާދަމާ ރޭ ރާއްޖެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.

ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް ކުރަމުން ގެންދާ މަސައްކަތްތައް ސޮބާ އަދިވެސް ހުއްޓައެއް ނުލައެވެ.

މިހާރު ގެންދަނީ ރާއްޖޭގެ އެތެރޭގައި ބޭއްވޭ މުބާރާތްތަކާއި ރާއްޖެއިން ބޭރުގައި ބޭއްވޭ މުބާރާތްތަކުގެ ފަނޑިޔާރުކަން ވެސް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.