ބ. އަތޮޅު މަދަރުސާގެ ވާހަކަ ދެއްކުމުގެ މުބާރާތުން އެއްވަނަ އައިޝަތު ޖަޝާމާ އަށް

ވާހަދެއްކުމުގެ މުބާރާތުން އެއްވަނަ ހޯދި ޖަޝާމާ އަށް ޓްރޮފީ ހަވާލުކޮށްދެނީ  | އީޓީ ފޮޓޯ / ތޯރިގް އަބްދުއްރަހްމާން
ވާހަދެއްކުމުގެ މުބާރާތުން އެއްވަނަ ހޯދި ޖަޝާމާ އަށް ޓްރޮފީ ހަވާލުކޮށްދެނީ | އީޓީ ފޮޓޯ / ތޯރިގް އަބްދުއްރަހްމާން

ބ. އަތޮޅު މަދަރުސާގެ “ހެދޭކުރި” ޖަމިއްޔާގެ ދިވެހި ކްލަބުގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި، އިންޓަ ހައުސް ވާހަކަދެއްކުމުގެ މުބާރާތުން އެއްވަނަ އައިޝަތު ޖަޝާމާ ހޯދައިފި އެވެ.

ޖަޝާމާ ވަނީ ގްރޭޑް 7 ން މަތީގެ ބައިންވެސް އެއްވަނަ ހޯދައިފަ އެވެ.

ދިވެހި ބަހުގެ ދުވަހާ ގުޅުވައިގެން ބޭއްވި މި މުބާރާތުން ދެވަނަ ހޯދީ ފާތުމަތު ނަޖުދާ އަލީ އެވެ. އަދި ތިންވަނަ ހޯދީ އިފާޝާ އުމަރު ފާއިޒު އެވެ.

ނަޖުދާ ވަނީ ގްރޭޑް 7 ން މަތީގެ ބައިން ދެވަނަ ވެސް ހޯދައިފަ އެވެ. އަދި އިފާޝާ ވަނީ ގްރޭޑް 4، 5 އަދި 6 ގެ ބައިން ވެސް އެއްވަނަ ހޯދައިފަ އެވެ.

މީގެ 2 އަހަރު ކުރިން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތުގައި ދަރިވަރުން ބައިވެރިކޮށްފައިވަނީ ގްރޭޑް ތަކުގެ މެދުގައި އޮޑިޝަނެއް ބޭއްވުމަށް ފަހު އެވެ. އެގޮތުން މިއަހަރު 72 ކުދިން ވާދަކުރި އެވެ.

ވާހަކަ ދެއްކުމުގެ މުބާރާތުން ވަނަ ހޯދި ދަރިވަރަކަށް ޓްޮފީ ހަވާލުކޮށްދެނީ-- އީޓީ ފޮޓޯ / ތޯރިގް އަބްދުއްރަހްމާން
ވާހަކަ ދެއްކުމުގެ މުބާރާތުން ވަނަ ހޯދި ދަރިވަރަކަށް ޓްޮފީ ހަވާލުކޮށްދެނީ– އީޓީ ފޮޓޯ / ތޯރިގް އަބްދުއްރަހްމާން

މުބާރާތުން އެއްވަނަ ހޯދީ ސަލާހުއްދީން ހައުސް އެވެ. އެ ހައުސްގެ ދަރިވަރުން ވަނީ ގްރޭޑް 4، 5، 6 އަދި 8 ން މަތީގެ ކެޓަގަރީންވެސް އެއްވަނަ ހޯދައިފަ އެވެ. އަދި މުބާރާތުގެ ދެ ވަނަ އިމާދުއްދީން ހައުސް ހޯދި އިރު ތިން ވަނަ ލިބުނީ ކަމާލުއްދީން ހައުސް އަށެވެ.

ދިވެހި ބަހާއި އަދަބިއްޔާތު ކުރި އެރިވުމުގެ ގޮތުން ބ. އަތޮޅު މަދަރުސާގެ ހެދޭކުރި ޖަމިއްޔާއިން އަންނަނީ އަދަބީ ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ. އެގޮތުން މިދިޔަ މަހު އެ ސްކޫލުގައި ވަނީ ޅެން ހަދަން ދަސްކޮށްދޭ ކޯހެއްވެސް ބާއްވައިފަ އެވެ. އަދި އަންނަމަހު ވާހަކަ ލިޔުމުގެ މުބާރާތެއް ބޭއްވުމަށްވެސް ދަނީ ތައްޔާރު ވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.