ޔުނައިޓެޑް ވީ ބަލިކޮށް ސޮނެވާ ޗެމްޕިއަންކަން ހޯދައިފި

މިއަދު ކުޅުނު ފައިނަލް މެޗްގައި ޔުނައިޓެޑް ވީ އާއި ސޮނެވާ ކުޅެނީ | އީޓީ ފޮޓޯ:ޒަހާން
މިއަދު ކުޅުނު ފައިނަލް މެޗްގައި ޔުނައިޓެޑް ވީ އާއި ސޮނެވާ ކުޅެނީ | އީޓީ ފޮޓޯ:ޒަހާން

.މަރްޙޫމް އަހުމަދު ޝާހީން މެމޯރިއަލް ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ސޮނެވާފުށި ޖެހިޖެހިގެން ދެވަނަ ފަހަރަށް ހޯދައިފި އެވެ

އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ދެންމެ ކުޅުނު ފޯރިގަދަ ފައިނަލް މެޗު ސޮނެވާފުށީ ޓީމު ކާމިޔާބުކުރީ އޭދަފުށީ ޔުނައިޓެޑް ވީ އާ ވާދަކޮށް 4-1 އިންނެވެ. މެޗްގެ ފުރަތަމަ ގޯލް 7 ވަނަ މިނިޓްގައި ޖަހާ ކުރި ހޯދީ ޔުނައިޓެޑް ވީ އިންނެވެ. އެޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ އަހުމަދު ޝިޔާންއެވެ. ސޮނެވާފުށިން ޖެހި ލަނޑުތަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން މަޖީދު އަދި އަޒްމީންއެވެ.

.ފައިނަލް މެޗުގެ މޭން އޮފްދަ މެޗަކަށް ހޮވިފައިވަނީ ސޮނެވާޓީމްގެ އަޒްމީންއެވެ

ސޮނެވާފުށީ ޓީމަށް ޗެންޕިއަން ޓްރޮފީ ހަވާލުކޮށްދެނީ: ޢީޓީ ފޮޓޯ: ޒަހާން
ސޮނެވާފުށީ ޓީމަށް ޗެންޕިއަން ޓްރޮފީ ހަވާލުކޮށްދެނީ: ޢީޓީ ފޮޓޯ: ޒަހާން

މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ޔުނައިޓެޑް ވީގެ އަބްދުﷲ ޝައްފާންއެވެ. އޭނާ ވަނީ މި މުބާރާތުގައި 11 ލަނޑު ޖަހާފައެވެ.

.މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ޔުނައިޓެޑް ވީގެ އަބްދުﷲ ޝައްފާން، އަފްޒަލް އިބްރާހިމް، ސޮނެވާފުށީގެ އަޒްމީން އަދި އަބްދުލް މަޖީދް ހޮވުނު އިރު ރޯޔަލް ޓީމުގެ އަބްދުﷲ ރިޔާޒްވެސް ވަނީ އެންމެ މޮޅު ފަސް ކުޅުންތެރިން ތެރޭގައި ހިމެނިފައެވެ

.މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޔުނައިޓެޑް ވީގެ އަބްދުﷲ ޝައްފާންއެވެ

.ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ރޯޔަލްއެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.