ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ އިންޓަ ހައުސް ފުޓްބޯޅަ މުބާރާތް އޭޕްރިލް 25 ގައި ބާއްވަން ނިންމައިފި އެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ވެސް މި މުބާރާތުގައި ސީނިއާ އަދި ޖޫނިއާ ގްރޫޕް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މިގޮތުން މުބާރާތް ކުރިއަށްދާނީ އެ ސްކޫލުގެ ހަތަރު ހައުސްގެ މެދުގަ އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނިގޮތުގައި މިއަހަހަރުގެ އިންޓަހައުސް ފުޓްބޯޅަ މުބާރާތް އަންނަ ހޯމަ ދުވަހު ފަށާއިރު، ނެޓްބޯޅަ މުބާރާތް އޭޕްރިލް 28 ގައި ފެށުމަށް ދަނީ ތައްޔާރުވަމުން ނެވެ.
ސްކޫލް ކުދިންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމަށްޓަކައި ކޮންމެ އަހަރަކު ވަރަށް ފޯރިއާ އެކު ބާއްވަމުން އަންނަ އިންޓަ ހައުސް ފުޓުބޯޅަ މުބާރާތުން ގިނަ އަދަދެއްގެ ކުޅުންތެރިން ވަނީ އުފެދިފަ އެވެ. ރާއްޖޭގެ ގައުމީ ޓީމުގައި އަދި ފުރަތަމަ ޑިވިޝަންގައި ކުޅޭ އޭދަފުށީ ހުރިހާ ކުޅުންތެރިންނަކީވެސް އިންޓަހައުސް ފުޓްބޯޅަ މުބާރާތުން ވިދާލި ކުޅުންތެރިންނެވެ.