ވިލާ ކޮލެޖުގެ އެންމެ ޝަރަފުވެރި އެވޯޑް އޭދަފުށީ ދަރިވަރަކަށް

މަތީނަށް އެވޯޑް ހަވާލުކޮށްދެނީ
މަތީނަށް އެވޯޑް ހަވާލުކޮށްދެނީ

ވިލާ ކޮލެޖުން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ “ޤާސިމް އިބްރާހީމް އެވޯޑް ފޯ އެކްސެލެންސް” އޭދަފުށީ ދަރިވަރަކު ހާސިލްކޮށްފި އެވެ.

ޤާސިމް އިބްރާހީމް އެވޯޑް ފޯ އެކްސެލެންސް ހާސިލުކުރި އޭދަފުށީ ދަރިވަރަކީ މޫންލައިޓް އަބްދުލް މަތީން އަބްދުއްސައްތާރު އެވެ. މަތީން މި އެވޯޑް ހާސިލުކުރީ ވިލާ ކޮލެޖު އޭދަފުށީ ކެމްޕަހުން ނިންމި މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހުންނެވެ.

މިހާރު މީރާ އޭދަފުށީ ބްރާންޗުގެ ސީނިއާ އޮފިސަރެއްގެ މަގާމު މަސައްކަތްކުރަމުން އަންނަ އަބްދުލްމަތީން ވަނީ މެލޭޝިޔާގެ ލިމްކޮކް ވިންގ ޔުނިވަސިޓީން ބިޒިނަސް އިން އެކައުންޓިންގ އިން ބެޗްލާސް ޑިގްރީ ހާސިލު ކުރެއްވިއިރު އެ ކޯހުން އެއްވަނަވެސް ހޯއްދަވައިފަ އެވެ.

ޤާސިމް އިބްރާހީމް އެވޯޑް ފޯރ އެކްސެލެންސް ޙާޞިލުކުރި ދަރިވަރުން؛

    • މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހުން، އާދަމް ހަލީލް، އަބްދުލްމަތީން އަބްދުއްސައްތާރު، އިބްރާހީމް ލަތީފް، މަރިޔަމް ލިޔުފާ
    • ބެޗްލަރ އޮފް އެކައުންޓިންގ ވިތް އޮނަރސް ކޯހުން އާމިނަތު ޝެރީން ހަބީބް
    • ބެޗްލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ވިތް އޮނަރސް ކޯހުން އާމިނަތު ޝަފާނާޒް، ސަފްނާ ސައީދު
    • ބެޗްލަރ އޮފް ހިޔުމަންރިސޯސް މެނޭޖްމަންޓް ވިތް އޮނަރސް ކޯހުން ހައްވާ ޝިއުނާ
    • ބެޗްލަރ އޮފް އެޑިޔުކޭޝަން (އެޑިޔުކޭޝަނަލް އެޑްމިނިސްޓްރޭޝަން) ވިތް އޮނަރސް ކޯހުން ޝަޒްމީނާ ޝާކިރު
    • ބެޗްލަރ އޮފް އެޑިޔުކޭޝަން (ޓީއީއެސްއެލް) ވިތް އޮނަރސް ކޯހުން އިހްސާނާ އިޝްހާގު
    • ބެޗްލަރ އޮފް އިންފޮމޭޝަން ތެކްނޮލޮޖީ ކޯހުން ވިތް އޮނަރސް ކޯހުން ތޮއިލް ޝަރީފް

އިއްޔެ ބޭއްވި ވިލާ ކޮލެޖުގެ ކޮންވޮކޭޝަންގައި ވިލާ ކޮލެޖްއިން ހިންގި ކޯސްތަކުން ގްރެޖުއޭޓްވި 300 އަށްވުރެ ގިނަ ދަރިވަރުންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ. މީގެ ތެރެއިން 8 ދަރިވަރުންނަކީ ވީސީއީސީގެ އޭދަފުށީ ކެމްޕަހުން މާސްޓާސް ޕްރޮގްރާމް ނިންމި ދަރިވަރުންނެވެ. އެ ހުރިހާ

ވީސީއީސީ އިން މާސްޓާސް ޕްރޮގްރާމު ނިންމައި ގްރެޖުއޭޓްވި ބައެއް ދަރިވަރުން
ވީސީއީސީ އިން މާސްޓާސް ޕްރޮގްރާމު ނިންމައި ގްރެޖުއޭޓްވި ބައެއް ދަރިވަރުން

އަބްދުލް މަތީނުގެ ކާމިޔާބީއަށް “އީޓީ” ގެ ފަރާތުން ހޫނު މަރުހަބާއެއް ކިޔަމެވެ. އަދި ފުރަތަމަ ފަހަރަށް ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަހުން މާސްޓާސް ޕްރޮގްރާމު ފުރިހަމަކޮށް އިއްޔެ ގްރެޖުއޭޓްވި ހުރިހާ ދަރިވަރުންނަށްވެސް މަރުހަބާ ކިޔަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.