މައި ކޮލެޖުން އޭދަފުށީގައި އިތުރު ކޯސްތަކެއް ފަށަނީ

mi-college-eyd

މައި ކޮލެޖުގެ އޭދަފުށީ ބްރާންޗުގައި އަންނަ މަހު އާ ކޯސްތަކެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ކޯސްތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

އެޕްރީލް 25 އާ ހަމައަށް މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މައި ކޮލެޖުން ވަނީ ހުޅުވާލައިފަ އެވެ.

އަލަށް ފަށާ ކޯސްތަކުގެ ތެރޭގައި ހިމެނެނީ ސެޓްފިކެޓް ލެވެލް އާއި ޑިޕްލޮމާ އަދި ޑިގްރީ ލެވެލްގެ ކޯސްތަކެވެ. އެގޮތުން 11 ކޯހެއް ފެށުމަށްވަނީ ނިންމައިފަ އެވެ.

އެއީ ބިޒްނަސް މެނޭޖްމަންޓާއި ޕްރައިމަރީ ޓީޗިން އާއި ހިއުމަން ރިސޯސަސް އެކައުންޓިންގެ ދާއިރާގެ ކޯސްތަކެވެ. މީގެ އިތުރުން އާރލީ ޗައިލްޑް ހުޑް އަދި އޮފީސް މެނޭޖްމަންޓް ދާއިރާގެ ކޯސްތައް ވެސް ހިމެނެ އެވެ.

އެ ކޮލެޖުން އޭދަފުށީގައި ޕްރައިމަރީ ޓީޗިން ޑިގްރީ (އިނގިރޭސި މީޑިއަމް) ކޯހެއް ފެށުމަށްވެސް ދަނީ ތައްޔާރު ވަމުންނެވެ.

ކޯސްތަކާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށަ 9692244 އާ ގުޅުމަށް މައި ކޮލެޖުން އެދެއެވެ.

މައި ކޮލެޖުގެ ބްރާންޗެއް އޭދަފުށީގައި ހުޅުވީ މިއަހަރުގެ ޖެނުއަރީމަހު އެވެ. އެ ކޮލެޖުން އޭދަފުށީގައި އަންނަނީ ޑިޕްލޮމާ ކޯހެއްވެސް ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.