ބ. އަތޮޅުގެ ސިވިލް ސާވިސް މުވައްޒަފުންނަށް ޓްރޭނިން ޕްރޮގްރާމެއް ހިންގައިފި

0d0c19531d6e29f793ed165732978408_XL

ބ. އަތޮޅުގައި މަސައްކަތް ކުރާ ސިވިލް ސާވިސް މުވައްޒަފުންނަށް އަމާޒުކޮށްގެން އޭދަފުށީގައި “ކެޕޭސިޓީ ބިލްޑިން” ޓްރޭނިން ޕްރޮގްރާމެއް ހިންގައިފި އެވެ.

ސިވިލް ސާވިސް ޓްރޭނިން އިންސްޓިޓިއުޓާއި ބ. އަތޮޅު ކައުންސިލު އިދާރާ ގުޅިގެން މިދިޔަ ހޯމަ ދުވަހުން ބުދަ ދުވަހުގެ ނިޔަލަށް ބޭއްވި މި ޓްރޭނިން ޕްރޮގްރާމުގައި މިއަތޮޅުގެ 11 ރަށުގެ އެކި މުއްސަސާތަކުން 30 ސިވިލްސް ސާވަންޓުން ބައިވެރިވި އެވެ.

ބ. އަތޮޅު ކައުންސިލުން ބުނި ގޮތުގައި މި ޓްރޭނިން ޕްރޮގްރާމުގައި ޕާފޯމަންސް މެނޭޖްމަންޓާއި އިފެކްޓިވް ލީޑަޝިޕް ފޯ ސްޕަވައިޒާސް އާ ގުޅޭގޮތުން މައުލޫމާތު ދެއްވީ ސިވިލް ސާވިސް ޓްރޭނިން އިންސްޓިޓިއުޓް ގެ އިންޓާނަލް އަދި އެކްސްޓާނަލް ޓްރެއިނަރުންނެވެ.

“މި ޓްރޭނިން ތަކަކީ، މުޅި އަތޮޅުގެ ހުރިހާ ކައުންސިލްތަކަށް އެންމެ ބޭނުންވާ ޓްރޭނިން ތަކަކީ ކޮބައިތޯ ބެލުމަށްފަހު، އަތޮޅު ކައުންސިލަށް ހިންގުމަށް އެންމެ މުހިންމުކަމަށް ފާހަގަ ކުރެވުނު ދެ ޓްރޭނިން،” ބ. އަތޮޅު ކައުންސިލުން ބުންޏެވެ.
ބ. އަތޮޅު ކައުންސިލުން ބުނީ މިއަހަރު ތެރޭގައި މުވައްޒަފުންގެ ފެންވަރު ރަގަޅު ކުރުމަށް، އިތުރު ޓްރޭނިން ޕްރޮގްރާމުތަކެއް ކުރިއަށް ގެންދިއުމަށް ރާވަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.