ގައުމަށް ހިޔާނާތްތެރިނުވާން ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން ވައުދު ވެއްޖެ

ނަޒާހާތްތެރިކަމުގެ ވައުދުގައި އޭދަފުށީ އޮފިސްތަކުގެ މުވައްޒަފުން މިއަދު ސޮއި ކުރައްވަނީ-- ފޮޓޯ: ބ. އަތޮޅު ކައުންސިލް
ނަޒާހާތްތެރިކަމުގެ ވައުދުގައި އޭދަފުށީ އޮފިސްތަކުގެ މުވައްޒަފުން މިއަދު ސޮއި ކުރައްވަނީ– ފޮޓޯ: ބ. އަތޮޅު ކައުންސިލް

އަމާނާތްތެރިކަމާ އެކު މަސައްކަތްކޮށް ގައުމަށް ހިޔާނާތްތެރި ނުވުމަށް ބ. އޭދަފުށީ ސަރުކާރު އޮފީސްތަކުގެ ވެރިންނާއި މުވައްޒަފުން މިއަދު ވައުދުވެ، ސޮއިކޮށްފި އެވެ.

ގައުމީ އެންޓި ކޮރަޕްޝަން ދުވަހާ ގުޅުވައިގެން މިއަދު އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި “ނަޒާހަތްތެރިކަމުގެ ވައުދު”ގައި އެންމެ ފުރަތަމަ ސޮއި ކުރެއްވީ ބ. އަތޮޅު ކައުންސިލުގެ ނައިބް ރައީސް މަބްރޫކް ނަސީރާއި ރަށު ކައުންސިލުގެ ރައީސާ ނާޒްނީނާ ޔޫސުފް އެވެެ. އެއަށް ފަހު ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން ވެސް އެ ވައުދުގައި ސޮއި ކުރި އެވެ.

ނަޒާހާތްތެރިކަމުގެ ވައުދަކީ ދިވެހި ގައުމާއި ދިވެހިންނަށް ނަޒާހަތްތެރިކަމާއެކު މަސައްކަތް ކޮށްދިނުމަށް މުވައްޒަފުންވާ އެއްބަސްވުމެވެ. އަމާނާތްތެރިކަމާއެކު ދެފުށް ފެންނަ ގޮތަށް މަސައްކަތް ކުރުމަށް ވައުދުގައި ވެ އެވެ. އަދި ކޮރަޕްޝަން ހުއްޓުވައި، އެ ފަދަ ކަންކަން ރިޕޯޓުކޮށް، މަގާމުގެ ފައިދާ ނަހަމަ ގޮތުގައި ނުހިފައި އެކަން ކުރުމަށް ވެސް ވައުދުގެ ދަށުން މުވައްޒަފުން އެއްބަސްވެފައި ވެ އެވެ.

މި ވައުދުގައި ސަރުކާރު ހުރިހާ އިދާރާތަކުގެ ވެރިންނާއި މުވައްޒަފުންވެސް އަންނަނީ ސޮއިކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އަލީ

    ގައުމުގެ ހުރިހާ ކަމެއް ހައްލުވީ …… ވައްކަމެއް ނުކުރާނެ. ހިޔާނާތެއް ނުވާނެ. ސަރުކާރުގެ ހުރިހާ މުވައްޒަފުން މިހާރު ތޯހިރުކަން މަތީ އުފަންވި ކަހަލަ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.