ސޮނެވާފުށީގައި ކާށި ހޮވުމުގެ މުބާރާތެއް ބާއްވައިފި

ކާށި ހޮވުމުގެ މުބާރާތް ކުރިޔަށް ދަނީ
ކާށި ހޮވުމުގެ މުބާރާތް ކުރިޔަށް ދަނީ

.ދުނިޔޭގެ އާތު ޑޭ ފާހަގަ ކުރުމުގެ ގޮތުން ސޮނެވާފުށީ ރިސޯޓްގައި ފުރަތަމަ ފަހަރަށް ކާށި ހޮވުމުގެ މުބާރާތެއް ބާއްވައިފި އެވެ

.ސޮނެވާފުށީ ރިސޯޓްގެ ހަތަރު ހައުސްގެ މެދުގައި މިއަދު ހަވީރު ބޭއްވި އެ މުބާރާތުން އެއްވަނަ ހޯދީ އެފްއެންޑްބީ ޓީމެވެ
e6f3b918-dc81-4d35-8abe-be4ffa13203a
ސޮނެވާފުށީ ރިސޯޓުން ބުނި ގޮތުގައި އާތު ޑޭ އާ ގުޅުވައިގެން މުބާރާތެއްގެ ގޮތަށް ބޭއްވި މި ހަރަކާތަކީ “ސާފު ސޮނެވާ” ޕްރޮގްރާމުގެ ދަށުން ހިންގުނު ހަރަކާތެކެވެ. އަދި ވިއްސާރާ މޫސުން ފެށުމާއެކު ފެން އުފެދޭގޮތަށްހުރި އުނބު ފަދަ ތަކެތި ނައްތާލުމަކީވެސް މި ހަރަކާތް ބޭއްވުމުގެ މަގުސަދެއްކަމަށް އެ ރިސޯޓުން ބުންޏެވެ.
މިއަދު ބޭއްވި ކާށީ ހޮވުމުގެ މުބާރާތުގައި 40 އަށް ވުރެ ގިނަ ޖަންބޯ ބޭގްގެ ކާށި ހޮވާފައިވެ އެވެ.
67722b3c-14b2-4c8a-b16a-134a5eaccc63
.ކޮންމެ އަހަރެއްގެ ވެސް އެޕްރީލް މަހުގެ 22 ވަނަ ދުވަސް ފާހަގަ ކުރަނީ އާތު ޑޭ ގެ ގޮތުގަ އެވެ. އާތު ޑޭ ދުނިޔޭގައި ފާހަގަ ކުރަމުން ދަނީ މި ޒަމާނުގެ ތިމާވެށީގެ ހަރަކާތްތަކުގެ ފެށުން ފާހަގަ ކުރާ ދުވަހެއްގެ ގޮތުގަ އެވެ. މި ދުވަސް އެންމެ ފުރަތަމަ ފާހަގަ ކުރީ 1970 ވަނަ އަހަރު އެމެރިކާގަ އެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.