ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ކެއްކުމުގެ މުބާރާތެއް ބާއްވައިފި

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 4-5 ގެ ދަރިވަރުންގެ މެދުގައި ބޭއްވި ކެއްކުމުގެ މުބާރާތުގެ ތެރެއިން– އީޓީ ފޮޓޯ / ތޯރިގް އަބްދުއްރަހްމާން
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 4-5 ގެ ދަރިވަރުންގެ މެދުގައި ބޭއްވި ކެއްކުމުގެ މުބާރާތުގެ ތެރެއިން– އީޓީ ފޮޓޯ / ތޯރިގް އަބްދުއްރަހްމާން

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 4 އަދި 5 ގެ ކުދިންގެ މެދުގައި ބާއްވަމުން އަންނަ ކެއްކުމުގެ މުބާރާތް އިއްޔެ އެ ސްކޫލްގައި ބާއްވައިފި އެވެ.

މި މުބާރާތް މިއަހަރު ކުރިއަށްގެންދިޔައި ޝެފް ގިލް އޮފް މޯލްޑިވްސް (ސީޖީއެމް) އާ ގުޅިގެންނެވެ.

ސްކޫލުގެ ލީޑިން ޓީޗަރު އިހުސާނާ މުހައްމަދު ވިދާޅުވީ މީގެ 5 އަހަރު ކުރިން ފެށިގެން “ބޮޑު ކައްކާގެ” ގެ ނަމުގައި ބާއްވަމުން އަންނަ މި މުބާރާތަކީ ކެއްކުމުގެ ފަންނު ކުދިންގެ ހިތުގައި ޝައުގުވެރިކުރުވުމުގެ ގޮތުން ބާއްވަމުން އަންނަ މުބާރާތެއް ކަމަށެވެ.

އިހުސާނާ ވިދާޅުވި ގޮތުގައި މި މުބާރާތް ކޮންމެ އަހަރަކުވެސް ކުރިއަށްގެންދަނީ ސޮނޭވާފުށީ ރިސޯޓާއި އެ ރިސޯޓުގެ ޝޫ ޝެފް އަބްދުﷲ ސޮބާހު އަދި ބެލެނިވެރިންގެ ވަރަށްބޮޑު އެހީތެރިކަމާއި އެއްބާރުލުމަކާ އެކުގަ އެވެ. މުބާރާތުގައި ފަނޑިޔާރުންގެ ކަންތައް އިންތިޒާމުކޮށްދިނުމާއި ދަރިވަރުން ތައްޔާރުކުރާ ކެއްކުމަށް ބޭނުންވާ މައިގަނޑު ހުރިހާ ތަކެއްޗެއް ފޯރުކޮށްދދިނީ ސޮނެވާފުށީ ރިސޯޓުންނެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 4-5 ގެ ދަރިވަރުންގެ މެދުގައި ބޭއްވި ކެއްކުމުގެ މުބާރާތުގެ ތެރެއިން– އީޓީ ފޮޓޯ / ތޯރިގް އަބްދުއްރަހްމާން
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 4-5 ގެ ދަރިވަރުންގެ މެދުގައި ބޭއްވި ކެއްކުމުގެ މުބާރާތުގެ ތެރެއިން– އީޓީ ފޮޓޯ / ތޯރިގް އަބްދުއްރަހްމާން

ތައުލީމީ މަރުކަޒުން ބުނީ ދަރިވަރުން ގްރޫޕްތަކަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުން ވަނަތައް ހާސިލުކުރި ގްރޫޕްތަކަށް އިނާމާއި މެޑެލްތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ ފައިސާގެ އިނާމާއި މެޑެލް އަކީ ސޮނޭވާފުށީގެ ސޫޝެފް އަބްދުﷲ ސޮބާހުގެ ފަރާތުން ކަނޑައަޅާފައިވާ އިނާމާއި މެޑެލް ކަމަށެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 4-5 ގެ ދަރިވަރުންގެ މެދުގައި ބޭއްވި ކެއްކުމުގެ މުބާރާތުން އެއްވަނަ ގްރޫޕް– އީޓީ ފޮޓޯ / ތޯރިގް އަބްދުއްރަހްމާން
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 4-5 ގެ ދަރިވަރުންގެ މެދުގައި ބޭއްވި ކެއްކުމުގެ މުބާރާތުން އެއްވަނަ ގްރޫޕް– އީޓީ ފޮޓޯ / ތޯރިގް އަބްދުއްރަހްމާން

މީގެ އިތުރުން އެއްވަނަ އަށްދިޔަ ގްރޫޕުގެ ދަރިވަރުންނާއި ބެލެނިވެރިން ސޮނޭވާފުށީގައި އެއްދުވަހު ހޭދަކުރުމުގެ ފުރުސަތު އެ ރިސޯޓުންވަނީ ދީފަ އެވެ. މިއަހަރުގެ މުބާރާތުން އެއްވަނަ ހޯދީ ވޯޓަ މެލަން ގްރޫޕް އެވެ.

މިމުބާރާތުގައި ގްރޫޕްތަކުން ތައްޔާރުކުރަންޖެހެނީ ސޫޕަކާ ސެލެޑަކާ މެއިން ޑިޝްއެއްގެ އިތުރުން ޑެޒާޓެކެވެ.

DSC_0288

ވާދަވެރިކަމާއެކު ނިމިގެންދިޔަ މި މުބާރާތުގެ ޖަޖުކަން ކޮށްދީފައިވަނީ އެގެޒެކްޓިވް ޝެފުންގެ ޓީމަކުންނެވެ. އޭގެ ތެރޭގައި ސޮނެވާފުށީ ހެޑް ޝެފް ސެނަކަ ޕެރޭރާ އާއި ކޮކޯ ޕާމްގެ އެގްޒެކެޓިވް ޝެފް ފާއިޒު ހުސައިން އަދި ރޯޔަލް އައިލެންޑް ރިސޯޓުގެ އެގްޒެކެޓިވް ޝެފް އިލްޔާސް އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނި ގޮތުގައި މި މުބާރާތުން ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމުދިނުމާއި އެންމެމޮޅު ޑިޝްއެއް ތައްޔާރުކުރަން ދަސްކޮށްދިން ފަރާތަކަށް އިނާމާއި މެޑެލްދިނުން އޮންނާނީ ގްރޭޑް4،5 ގެ ހަރަކާތްތައް ނިންމުގެ ގޮތުން މިއަހަރު ފަހުކޮޅު އެ ސްކޫލުގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.