ބ. އަތޮޅު މަދަރުސާގައި އާތު ޑޭ ފާހަގަކޮށްފި

ބ. އަތޮޅު މަދަރުސާގައި އާތު ޑޭ ފާހަގަކުރަނީ
ބ. އަތޮޅު މަދަރުސާގައި އާތު ޑޭ ފާހަގަކުރަނީ

ދުނިޔޭގެ އާތު ޑޭ ފާހަގަ ކުރުމުގެ ގޮތުން ބ. އަތޮޅު މަދަރުސާގެ ހެދޭކުރި ޖަމިއްޔާގެ ބަނިޔަން ޓްރީ ކުލަބުން އިސްނަގައިގެން އެ ސްކޫލުގައި ހާއްސަ ހަރަކާތްތަކެއް ހިންގައިފި އެވެ.

ބ. އަތޮޅު މަދަރުސާއިން ބުނި ގޮތުގައި އާތު ޑޭ ފާހަގަ ކުރމުގެ ގޮތުން އެ ސްކޫލުގައި މިއަދު ހެނދުނު ވަނީ ހާއްސަ އެސެމްބްލީއެއް ބާއްވައިފަ އެވެ. މި އެސެމްބަލީގައި ބަނިޔަން ޓްރީ ކްލަބުގެ ދަރިވަރުން ވަނީ ދުވަހާ ގުޅޭގޮތުން ޝުއޫރު ފާޅުކޮށް ވާހަކަ ދައްކައިފަ އެވެ. އަދި ގްރޭޑް 1 ގެ ދަރިވަރުން ދުވަހާ ގުޅޭ ލަވައަކަށް ނެށުމެއް ހުށަހަޅާދީފައިވާ ކަމަށްވެސް އެ ސްކޫލުން ބުންޏެވެ.

ބ. އަތޮޅު މަދަރުސާގައި އާތު ޑޭ ފާހަގަކުރުމުގެ ގޮތުން ހެނދުނު ބޭއްވި އެސެމްބްލީގައި ދަރިވަރުން ދުވަހާގުޅޭ ލަވައެއް ހުށަހަޅައިދެނީ
ބ. އަތޮޅު މަދަރުސާގައި އާތު ޑޭ ފާހަގަކުރުމުގެ ގޮތުން ހެނދުނު ބޭއްވި އެސެމްބްލީގައި ދަރިވަރުން ދުވަހާގުޅޭ ލަވައެއް ހުށަހަޅައިދެނީ

ކޮންމެ އަހަރެއްގެ ވެސް އެޕްރީލް މަހުގެ 22 ވަނަ ދުވަސް ފާހަގަ ކުރަނީ އާތު ޑޭ ގެ ގޮތުގަ އެވެ. އާތު ޑޭ ދުނިޔޭގައި ފާހަގަ ކުރަމުން ދަނީ މި ޒަމާނުގެ ތިމާވެށީގެ ހަރަކާތްތަކުގެ ފެށުން ފާހަގަ ކުރާ ދުވަހެއްގެ ގޮތުގަ އެވެ. މި ދުވަސް އެންމެ ފުރަތަމަ ފާހަގަ ކުރީ 1970 ވަނަ އަހަރު އެމެރިކާގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.