އިންޓަ ހައުސް ފުޓްބޯޅަ މުބާރާތް ފަށައިފި

•	އިންޓަ ހައުސް ފުޓްބޯޅަ މުބާރާތުގައި ރެޑް ހައުސް އާއި ވައިލެޓް ހައުސް ކުޅެނީ.-- ފޮޓޯ: އަބޫ ޔައުލާ
• އިންޓަ ހައުސް ފުޓްބޯޅަ މުބާރާތުގައި ރެޑް ހައުސް އާއި ވައިލެޓް ހައުސް ކުޅެނީ.– ފޮޓޯ: އަބޫ ޔައުލާ

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ އިންޓަ ހައުސް ފުޓްބޯޅަ މުބާރާތް އިއްޔެ ހަވީރު ފަށައިފި އެވެ.

މުބާރާތުގެ ސީނިއާ ގްރޫޕުގެ މެޗުތައް އިއްޔެ ހަވީރު ފެށިއިރު މުބާރާތް ހުޅުވައިދެއްވީ ޑެޕިއުޓީ ޕްރިންސިޕަލް އަލީ އިމާދު އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ރެޑް ހައުސް އާއި ވައިލެޓް ހައުސް ކުޅެ ލަނޑެއް ނުޖެހި އެއްވަރުވެ ޕެނަލްޓީ ޖަހައިގެން 5-4 އިން މޮޅުވީ ވައިލެޓް ހައުސް އެވެ.

•	އިންޓަ ހައުސް ފުޓްބޯޅަ މުބާރާތުގައި ރެޑް ހައުސް އާއި ވައިލެޓް ހައުސް ކުޅެނީ.-- ފޮޓޯ: އަބޫ ޔައުލާ
• އިންޓަ ހައުސް ފުޓްބޯޅަ މުބާރާތުގައި ރެޑް ހައުސް އާއި ވައިލެޓް ހައުސް ކުޅެނީ.– ފޮޓޯ: އަބޫ ޔައުލާ

މި މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޔެލޯ ހައުސް އާއި ބްލޫ ހައުސް އެވެ. މި މުބާރާތުގެ ޖޫނިއާ ގްރޫޕްގެ ކުޅުން ފަށާނީ މާދަމާ ހެނދުނު އެވެ.

މި މުބާރާތުގެ ފައިނަލު މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.