ސައްޓުގެ ހެޓްރިކާއެކު ކްލަބް މޯލްޑިވްސްގެ ޗެންޕިއަންކަން ބީ.އެމް.އެލް ހޯދައިފި

ކްލަބު މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދި ޔުނައިޓެޑް ބީއެމްއެލް: މުބާރާތުގެ ފައިނަލުގައި ކްލަބު އެމްއާރުޑީސީ އަތުން ޔުނައިޓެޑް ބީއެމްއެލް މޮޅުވީ 6-2 ލަނޑުން
ކްލަބު މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދި ޔުނައިޓެޑް ބީއެމްއެލް: މުބާރާތުގެ ފައިނަލުގައި ކްލަބު އެމްއާރުޑީސީ އަތުން ޔުނައިޓެޑް ބީއެމްއެލް މޮޅުވީ 6-2 ލަނޑުން

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ކްލަބު މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ކްލަބު އެމްއާރުޑީސީ ބަލިކޮށް، ޔުނައިޓެޑް ބީއެމްއެލް ހޯދައިފި އެވެ.
ޔުނައިޓެޑް ބީއެމްއެލްއިން ޗެމްޕިއަންކަން ހޯދީ ޓްރެފިކް ޕޮލިސް ކުރިމަތީ އޮންނަ މާފަންނު ސްޓޭޑިއަމް ވެލި ދަނޑުގައި ރޭ ކުޅުނު ފައިނަލުގައި ކްލަބު އެމްއާރުޑީސީގެ މައްޗަށް 6-2 ލަނޑުން މޮޅުވެގެންނެވެ.
ރޭގެ މެޗުގައި ބީ.އެމް.އެލް ގެ ލަނޑު ތަށް ކާމިޔާބު ކޮށްދިނީ އަޝާން އިބްރާހިމް، އިބްރާހިމް ހަމްދާން، އަދި މުހައްމަދު ނާޝިދުއެވެ. އިޝާން އިބްރާހިމް މި މެޗުގައި 3 ގޯލަ ޖަހާ ހެޓްރިކް ހަދާފައެވެ.

ސައްޓު ޗެންޕިއަން ޓްރޮފީއާ އެކު
ސައްޓު ޗެންޕިއަން ޓްރޮފީއާ އެކު

އެމް.އާރް.ޑީ.ސީ ގެ ލަނޑުތަށް ކާމިޔާބު ކޮށްދިނީ އަބްދުﷲ ޝާފިޔު އަދި އަލީ ނާފިއުއެވެ. މި މެޗްގައި އެމް.އާރް.ޑީ.ސީ އަށް ވަނީ 3 ޕެނަލްޓީވެސް ލިބިފައެވެ. ނަމަވެސް ބީ.އެމް.އެލްގެ ކީޕަރ ވަނީ ހުށިޔާރު ކަމާކުއެކު ހުރިހާ ޕެނަލްޓީއެއްވެސް ދިފާޔުކޮށްފައެވެ.
މިމެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ބީ.އެމް.އެލް ގެ ގޯލް ކިީޕަރ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.