މިދިޔަ އަހަރު ހަނިފަރަށް 3000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި

މިދިޔަ އަހަރު ހަނިފަރަށް ޓޫރިސްޓުން ޒިޔާރަތްކުރިގޮތް ދައްކުވައިދޭ ބާ ގްރާފެއް
މިދިޔަ އަހަރު ހަނިފަރަށް ޓޫރިސްޓުން ޒިޔާރަތްކުރިގޮތް ދައްކުވައިދޭ ބާ ގްރާފެއް

ބ. އަތޮޅު ބަޔޮސްފިއާ ރިޒާވުގެ ކޯ އޭރިޔާގައި ހިމެނޭ ހަނިފަރު ސަރަހައްދަށް މިދިޔަ އަހަރު 3000 އަށްވުރެ ގިނަ ފަތުުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށް ބަޔޮސްފިއާ ރިޒާވް އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ބަޔޮސްފިއާ ރިޒާވް އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ މޭ މަހުން ފެށިގެ ނޮވެމްބަރު މަހުގެ ނިޔަލަށް ހަނިފަރަށް ޒިޔާރަތް ކޮށްފައި ވަނީ 3368 ފަތުރުވެރިންނެވެ. ނިމިގެން ދިޔަ 2014 ވަނަ އަހަރު ހަނިފަރަށް ޒިޔާރަތް ކޮށްފައިވަނީ 2100 ފަތުރުވެރިންނެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެންމެ ގިނައިން މީހުން ޒިޔާރަތް ކޮށްފައިވަނީ ޖުލައި އަދި އޯގަސްޓް މަހު އެވެ.

ހަނިފަރު ސަރަހައްދު
ހަނިފަރު ސަރަހައްދު

ހަނިފަރު ސަރަހައްދަށް ފީނަންދާ ބޭރު މީހެއްގެ އަތުން ނަގަނީ 155 އަދި 310 ރުފިޔާއެވެ. އަދި ދިވެއްސެއްގެއަތުން ނަގަނީ 16 އަދި 32 ރުފިޔާއެވެ.

ބަޔޮސްފިއާ ރިޒާވުގެ ދަށުން ބ. އަތޮޅުގައި ކަނޑައަޅާފައިވާ ކޯ އޭރިޔާތަކުގެ ތެރެއިން އެންމެ ހާއްސަ ތަނަކީ ހަނިފަރެވެ. އެއީ އެ ސަރަހައްދުން އެންމަޑި އާއި ފެހުރިހި ފެންނާތީ އެވެ. އާއްމު ގޮތެއްގައި އެ ސަރަހައްދުން ފެހުރިހި އާއި އެންމަޑި ފެންނަނީ މެއި މަހުން ފެށިގެން ޑިސެމްބަރުމަހުގެ ނިޔަލަށެވެ.

ހަނިފަރު ސަރަހައްދަކީ ފީނުމަށް ރާއްޖެ އަންނަ ޓޫރިސްޓުންގެވެސް ވަރަށް މުހިންމު މަންޒިލެކެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހަނިފަރަށް ފީނާ މީހުންގެ އަތުން އެތައްހާސް ރުފިޔާއެއް ރާއްޖޭގެ އިގްތިސާދަށް އަހަރަކު ލިބެ އެވެ.

ހަނިވަރު ވިޒިޓިން ޑޭޓް ޝެޑިއުލް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.