އައިސީޕީގެ ހިދުމަތްތައް އޭދަފުއްޓަށް

13091779_10153570602472217_1974044196_o (1)

އިންސްޓިޓިއުޓް އޮފް ކައުންސިލިން އެންޑް ސައިކޯތެރަޕީ (އައިސީޕީ) ގެ ހިދުމަތްތައް ދިނުމުގެ ހާއްސަ ޕްރޮގްރާމެއް އޭދަފުށީގައި ބާއްވަން ނިންމައިފި އެވެ.
އައިސީޕީ އާއި އޭދަފުށީ މެޑިކަލް ސެންޓަރު ގުޅިގެން ބާއްވާ މި ޕްރޮގްރާމުގައި ކޮންސަލްޓޭޝަން އާއި ކައުންސިލިންގެ އިތުރުން ސައިކޯތެރަޕީ ދިނުމާއި ނަފްސާނީ ބަލިތަކާ މެދު ހޭލުންތެރިކުރުމުގެ ހާއްސަ ސެޝަންތަކެއް ވެސް ކުރިއަށް ގެންދާނެ އެވެ. މި ޕްރޮގްރާމް އޭދަފުށީގައި އޮންނާނީ އަންނަ މޭ މަހުގެ 3-4 އަށެވެ.

އައިސީޕީން ދޭ ޚިދުމަތްތައް:

    އޯޓިޒަމްގެ އަލާމާތެއް ހުރިތޯ ސްކްރީން ކުރުން
    ޑިޕްރެޝަން އާއި އެންޒައިޓީ ހުރިތޯ ސްކްރީން ކުރުން
    އައިކިޔު ޓެސްޓްކުރުން
    އުނގެނުމުގެ ދަތިކަން ހުރިތޯ ޓެސްޓްކުރުން

މީގެ އިތުރުން ނަފްސާނީ ގޮތުން އިރުޝާދު ދިނުމާއި ދިރިއުޅުމުގައި ދިމާވާ އާއިލީ މައްސަލަ ތަކާއި، ޕޭރަންޓިން، ސްޓެރެސް މެނޭޖްމަންޓާއި އެންގަ މެނޭޖްމަންޓް ފަދަ ދާއިރާތަކުން އެހީ ފޯރުކޮށްދެވޭނެ ކަމަސްވެސް އައިސީޕީން ބުންޏެވެ.
މި ޕްރޮގްރާމް މެދުވެރިކޮށް ހިދުމަތް ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް އޭދަފުށީ މެޑިކަލް ސެންޓަރު މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލައިފަ އެވެ. އެޕޮއިންޓްމެންޓް ހެދުމަށް ގުޅާނީ 9631111، 7523242 ނަންބަރު ފޯނާ އެވެ.

އެ އިންސްޓިޓިއުޓުން، މީހުން ބިނާކުރުމާއި، ކައުންސިލިން ބޭނުންވާ އެކިއެކި ދާއިރާތަކުން މީހުންނަށް ކައުންސިލިން ދިނުމާއި ޕާސަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމު ހިންގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.