ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރެޑް ހައުސް އާއި ވައިލެޓް ހައުސް އަށް

13106717_10154319103469218_1262445921_o

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ އިންޓަހައުސް ނެޓްބޯޅަ މުބާރާތުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ރެޑް ހައުސް އަދި ސީނިއާ ބައިގެ ޗެމްޕިއަންކަން ވައިލެޓް ހައުސް ހޯދައިފި އެވެ.

ޖޫނިއާ ބައި ރެޑް ހައުސް ކާމިޔާބުކުރީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ޔެލޯ ހައުސް 9-7 އަތުން މޮޅުވެގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރެޑް ހައުސްގެ ނޫމާ މުހައްމަދު އެވެ.

މި ބައިގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ރެޑް ހައުސްގެ މަރިޔަމް މަލާޝާ އާއި ޔެލޯ ހައުސްގެ މަރިޔަމް ނައުޝީން ޝަމީމު އާއި ފައިހާ ފާއިޒު އާއި ސައިމާ މުހައްމަދުގެ އިތުރުން ބްލޫ ހައުސްގެ ސާޖިދާ އިބްރާހީމް ރަޝީދު އެވެ. ކްއީން އޮފް ދަ ޓޯނަމަންޓްގެ މަގާމަށް ހޮވުނީ މަރިޔަމް މަލާޝާ އެވެ.

ސީނިއާ ބައި ވައިލެޓް ހައުސް ކާމިޔާބުކުރީ ފައިނަލުގައި ބްލޫ ހައުސް އަތުން 10-8 ޕޮއިންޓުން މޮޅުވެގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާޝާ އަބްދުލް ހަންނާނު އެވެ.

13105918_10154319103599218_2033328370_o

މި ބައިގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވުނީ ޔެލޯ ހައުސްގެ ރަޝާ ރިޒާ އާއި ހިޝްމާ ހަސަން އާއި ވައިލެޓް ހައުސްގެ މާޝާ އަބްދުލް ހަންނާނު އާއި އައިޝަތު ނަފްހަތު ޔޫސުފް އާއި އަދި ބްލޫ ހައުސްގެ މަރިޔަމް ހުދާ އެވެ. ކްއީން އޮފް ދަ ޓޯނަމެންޓަކަށް ހޮވުނީ މާޝާ އަބްދުލް ހަންނާނު އެވެ.

އިންޓަހައުސް ނެޓްބޯޅަ މުބާރާތް މިއަދު ނިމިފައިވާއިރު ފުޓްބޯޅަ މުބާރާތުގެ ޖޫނިއާ ބައިގެ ކުޅުންވެސް މިއަދު ވަނީ ނިމިފަ އެވެ. އެ ބައިން ޗެމްޕިއަންކަން ހޯދީ ބްލޫ ހައުސް އެވެ.

އިންޓަހައުސް ފުޓްބޯޅަ މުބާރާތުގެ ސީނިއާ ބައިގެ ފައިނަލު މެޗު ކުޅޭނީ މާދަމާ ހަވީރު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.