ނިޔާމަ ބޯޓް އަދިވެސް ފުން ނުކުރެވި

ނިޔާމަ ބޯޑު ފަޅުތެރެއަށް އަޑިއަށްގޮސްފައި — އީޓީ ފޮޓޯ / ރާއިފް ޔޫސުފް
ނިޔާމަ ބޯޑު ފަޅުތެރެއަށް އަޑިއަށްގޮސްފައި — އީޓީ ފޮޓޯ / ރާއިފް ޔޫސުފް

މަރާމާތަށްފަހު، ބާލައި އުތުރު ފަރާތު ފަޅުތެރެއަށް ވައްދަން އުޅުމުގެ ތެރޭގައި އިއްޔެ ހަވީރު ދިޔަވެ ނެރުމައްޗަށް އަޑިއަށް ދިޔަ “ނިޔާމަ” ބޯޓު އަދިވެސް ފުންނުކުރެވެ އެވެ.

 

ބޯޓު ފުންކުރުމުގެ މަސައްކަތް ރޭ 12:00 ހާއިރު މެދުކަނޑާލުމަށްފަހު މިއަދު ހެނދުން ފެށިގެން ދޯނީގެ ވެރިފަރާތާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުންނާއި ކައިރި ބައެއް ރިސޯޓް އަދި ރަށުގެ ބައެއް އާއްމުންގެ އެހީތެރިކަމާއެކު ފުންކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ބ. އަތޮޅާ މާލެއާ ދެމެދު ނާލު ދަތުރުކުރާ މި ބޯޓަކީ މީގެ ކުރިންވެސް އެކި ފަހަރުމަތިން ފަރަށް އަރައި ގެއްލުންތައް ވުމުގެ ސަބަބުން ބޮޑެތި މަރާމާތުތަކެއް ކޮށްފައިވާ ބޯޓެކެވެ. މިފަހަރު ބޮޑު މަރާމާތެއް މި ކުރީ މިދިޔަ އަހަރު ފަހުކޮޅު ތުޅާދޫ ފަޅުތެރޭގަ އޮއްވާ ރޯވެ ބޮޑުބައެއް އަނދައި ހުލިވުމުންނެވެ. އޭރު އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުން ތިން މިލިއަން ރުފިޔާ އަށް އަރާކަމަށް ދޯނީގެ ވެރިފަރާތުން ވަނީ ބުނެފަ އެވެ.

ބޯޓު ބޭލިއިރު އޭގެ 90 ޕަސެންޓް މަސައްކަތް އެއްކޮށްވަނީ ގާތްގަޑަކަށް ނިމިފަ އެވެ. އަދި އަންނަ މަހުތެރޭ ދަތުރުތައް ފެށުމަށްދަނީ ތައްޔާރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.