ވައިލެޓް ހައުސް ބަލިކޮށް ބްލޫ ހައުސް ޗެމްޕިއަންކަން ހޯދައިފި

ޗެމްޕިއަން ވައިލެޓް ހައުސް | ފޮޓޯ ރާއިފް ޔޫސުފް
ޗެމްޕިއަން ވައިލެޓް ހައުސް | ފޮޓޯ ރާއިފް ޔޫސުފް

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިންޓަހައުސް ފުޓްބޯޅަ މުބާރާތުގެ ސީނިއާ ގްރޫޕުގެ ޗެމްޕިއަންކަން ބްލޫ ހައުސް ހޯދައިފި އެވެ.

 

ބްލޫހައުސް ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މިއަދު ހަވީރު ވޭތުވެދިޔަ ތިން އަހަރުގެ ޗެމްޕިއަން ވައިލެޓް ހައުސް ބަލިކުރުމަށްފަހު އެވެ. ފައިނަލު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމަށް ލަނޑެއް ނުޖެހި އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން ބްލޫ ހައުސް ކުރި ހޯދީ 3-2 އިންނެވެ.

 

މުބާރާތުގެ ސީނިއާ ގްރޫޕްގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ މުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބްލޫ ހައުސްގެ އަނޫސް މުހައްމަދު އާއި އެ ޓީމުގެ ގޯލް ކީޕަރު ހިސާން އަބްދުއްރައްޒާގުގެ އިތުރުން ވައިލެޓް ހައުސްގެ އިސްމާއިލް ޝައިހާން އާއި މުހައްމަދު އައްފާނު އަދި އެ ޓީމުގެ ހުސައިން ޒަހްވާން އެވެ. އެންމެގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ މިމްރާހު އަބްދުލް އަޒީޒު އެވެ.

 

މި މުބާރާތުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަންވެސް ހޯދީ ބްލޫ ހައުސް އެވެ. ޖޫނިއާ ބައިގެ ޗެމްޕިއަންކަން އެ ޓީމު ހޯދީ އިއްޔެ ކުޅުނު ފައިނަލުގައި ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 3-3 އިން އެއްވަރުވުމުން ޕެނަލްޓީގައި ޝޫޓް އައުޓްގައި 3-6 އިން ރެޑްހައުސް ބަލިކޮށްގެންނެވެ.

ސްކޫލް ކުދިންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމަށްޓަކައި ކޮންމެ އަހަރަކު ވަރަށް ފޯރިއާ އެކު ބާއްވަމުން އަންނަ އިންޓަ ހައުސް ފުޓުބޯޅަ މުބާރާތުން ގިނަ އަދަދެއްގެ ކުޅުންތެރިން ވަނީ އުފެދިފަ އެވެ. ރާއްޖޭގެ ގައުމީ ޓީމުގައި އަދި ފުރަތަމަ ޑިވިޝަންގައި ކުޅޭ އޭދަފުށީ ހުރިހާ ކުޅުންތެރިންނަކީވެސް އިންޓަހައުސް ފުޓްބޯޅަ މުބާރާތުން ވިދާލި ކުޅުންތެރިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.