އިންޑިޔާގެ ކިމްސް ހޮސްޕިޓަލާއި އާންނަތަޕޫރީ އަދި ސްޕިރިންގ ގާޑަން ހޮސްޕިޓަލުގައި ހަމުގެ ބަލިތަކަށް ފަރުވާދެއްވާ ސްޕެސަލިސްޓް ޑރ. އޫޝާ ވައިދިޔަނާދަން އޭދަފުށީ މެޑިކަލް ސެންޓަރުގައި ބަލިމީހުން ބަލަން ހަމަޖެހިފައިވާ ކަމަށް އެ ކްލިނިކުން ބުނެފި އެވެ.
އޭދަފުށީ މެޑިކަލް ސެންޓަރުން ބުނި ގޮތުގައި ޑރ އޫޝާ އެ ސެންޓްރުގައި ބަލިމީހުން ބައްލަވާނީ މޭ 10 ވަނަ ދުވަހު އެ ކުލިނިކުގައި ކުރިއަށްދާ ކޭމްޕްގައެވެ.
“މި ކޭމްޕަގައި ޑރ. އޫޝާ އަށް ދެއްކުމަށް ބޭނުންވާ ބޭފުޅުން ފަރާތްތުން 7523242، 9631111 އާ ގުޅުއްވަމުން ގެންދަވަންވީ. އެޕްއިންޓްމަންޓް ނަގަމުން މިހާރު މިގެންދަނީ،” އޭދަފުށީ މެޑިކަލް ސެންޓަރުން ބުންޏެވެ.
އޭދަފުށީ މެޑިކަލް ސެންޓަރުން ބުނިގޮތުގައި މިފަދަ ކޭމްޕްތައް ބާއްވަނީ ކުޑަހަރަދަކުން މިއަތޮޅުގެ ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ރާއްޖެ އާއި ރާއްޖެއިން ބޭރުންގެ ސްޕެސަލިސްޓުންގެ ހިދުމަތް ދިނުމަށެވެ.