އަންހެނުންނަށް ހާއްސަކޮށްގެން އޭދަފުށީގައި މޫދާއި އެއްގަމު ކަސްރަތު ކްލާސްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް އެކްއާޓިކް އެންޑް ލޭންޑް ފިޓްނަސް ކްލަބުން ބުނެފި އެވެ.
އެތަނުން ބުނީ، މިކަސްރަތު ޕްރޮގްރާމުގެ މަގުސަދަކީ ކަސްރަތު ކުރުމުގެ މުހިންމު ކަމާއި ކަސްރަތު ކުރުމުގައި ގެންގުޅެންވާނެ ރަނގަޅު އާދަތަކާއިމެދު މީހުން ހޭލުންތެރި ކުރުވުންކަމަށެވެ.
އެއް ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކްލާސްތަކުގައި ބައިވެރިވުމަށް ފީއެއްގެ ގޮތުގައި ނަގަނީ -/550 ރ. އެވެ. ކަސްރަތު ކުރުމަށް ނޫޑުލްފަދަ ތަކެތި ބައިވެރިންނަށް ހިލޭ ފޯރުކޮށްދެ އެވެ.
މި ކްލާސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 9541286 އަށް ގުޅައި ނަންނޯޓް ކުރުމަށް އެދެ އެވެ.
ނޫޑްލްސްއަކީ ހަށިގަނޑަށް ވަރައްގެއްލުން ހުރި ކާނާއެއް. ގަބޫލް ކުރުވެންޏާ ގޫގުލްގައި އަޙާބަލަ.