ގްރޭޑް 12 ނިންމާ ދަރިވަރުންހެ ހަޔާ ސެކަންޑަރީ ސްކޫލު ސެޓްފިކެޓް (އެޗްއެސްސީ) އިމްތިހާނު މިއަދު ފަށައިފި އެވެ.
މުޅި ރާއްޖެއިން ތިން ހާހަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވާ މި އިމްތިހާނުގެ އިސްލާމް މާއްދާގެ ޓެސްޓް މިއަދު ބާއްވާފައިވާ އިރު މާދަމާ އޮންނާނީ ދިވެއްސެވެ.
ޖީސީއީ އޭލެވެލް އިމްތިހާނު އަންނަ ހޯމަ ދުވަހު ފަށާނެ ކަމަށެވެ.
މި އަހަރުގެ މަތީ ސާނަވީ އިމްތިހާނުގައި ރާއްޖޭގެ 45 ސެންޓަރަކުން 3761 ދަރިވަރުން ބައިވެރިވާނެ ކަމަށް ޑީޕީއިން ބުންޏެވެ. އޭލެވެލް އިމްތިހާނު ނިމޭނީ ޖޫންމަހުގެ ފަހުކޮޅު އެވެ.
މި އިމްތިހާނުގައި މިއަހަރު ބ. އަތޮޅު ތައުލީމީ މަރުކަޒުން 100 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެ އެވެ.