ސިޔާސީ ހަރަކާތް ހިންގާނަމަ އުތުރުފަރާތު އަށި ނަގަން އަންގައިފި!

އޭދަފުށީ އުތުރު ފަރާތު ފިނިއަށި، އެމްޑިޕީއަށް ސްޕޯޓްކުރާ މީހުން އާއްމުކޮށް ގޮސްއުޅޭ މި އަށި ނަގަން ހައުސިން މިނިސްޓްރީން ވަނީ އަންގާފައި-- ފޮޓޯ / ރާއިފް ޔޫސުފް
އޭދަފުށީ އުތުރު ފަރާތު ފިނިއަށި، އެމްޑިޕީއަށް ސްޕޯޓްކުރާ މީހުން އާއްމުކޮށް ގޮސްއުޅޭ މި އަށީގައި ސިޔާސީ ހަރަކާތް ހިންގާނަމަ އެތަން ނަގަން ހައުސިން މިނިސްޓްރީން ވަނީ އަންގާފައި– ފޮޓޯ / ރާއިފް ޔޫސުފް

 

ބ. އޭދަފުށީ “ދިގަލި” ގެ ކުރިމަތިން އޮންނަ ހޮޅުއަށީގައި ސިޔާސީ ހަރަކާތް ހިންގާނަމަ އެތަން ނަގައި ކައުންސިލުގެ ބެލުމުގެ ދަށަށް  ހައުސިން މިނިސްޓްރީން އޭދަފުށީ ކައުންސިލަށް އަންގައިފި އެވެ.

 

ހައުސިން މިނިސްޓްރީން އޭދަފުށީ ކައުންސިލަށް ފޮނުވާފައިވާ ސިޓީ އެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުތަކާ ޚިލާފަށް އޭދަފުށީ “ދިގަލި” ގެ ކުރިމަތިން އޮންނަ ދައުލަތުގެ ބިމުގައި ކައުންސިލުގެ ހުއްދަ ހޯދުމަކާ ނުލައި އެމްޑީޕީ އަށް ނިސްބަތްވާ އެކްޓިވިސްޓުން ސިޔާސީ ހަރަކާތްތައް ހިންގާ ޖަގަހައެއްގެ ގޮތުގައި އެތަން ބޭނުން ކުރަމުންގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

 

“އެހެންކަމުން ބިމާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގާނޫނާ ޚިލާފަށް މިފަދަ ބޭނުމަކަށް ބިމެއް ބޭނުންކުރަމުން ގެންދާނަމަ އެފަރާތުގެ ކިބައިން އެ ބިމެއް ވަކިކުރުމަށްފަހު، ޒިންމާދާރު ކަމާއެކު އެ ބިން ބެލެހެއްޓެވުން އެދެމެވެ. އަދި އެ ބިމުގައި އިމާރާތެއް ކޮށް ނުވަތަ ތަނެއް ހަދާނަމަ އެ ބޭނުމަކަށް އެ ބިން ބޭނުންކުރުމުގެ ކުރިން ބިން ބޭނުން ކުރުމުގެ ހުއްދަ މި އޮތޯރިޓީން ހޯއްދެވުމަށް ދަންނަވަމެވެ،” އީޓީ އަށް ކޮޕީ ލިބިފައިވާ އެ ސިޓީގައި ބުނެފައިވެ އެވެ.

 

އެނގިފައިވާ ގޮތުގައި ހައުސިން މިނިސްޓްރީގެ އެ ސިޓީއާ ގުޅިގެން ހޮޅުއަށި ނެގުމާ ގުޅޭ ގޮތުން އެންމެފަހުން ބޭއްވި ކައުންސިލުގެ ބައްދަލުވުމެއްގައިވެސް ވަނީ މަޝްވަރާ ކޮށްފަ އެވެ. ނަމަވެސް އަށި ނެގުމާބެހޭގޮތުން ވަކިގޮތެއް ނިންމިކަމެއް ނޭނގެއެވެ.

 

މިރަށުގެ އެކި ސަރަހައްދު ތަކުގައި މި ގޮތަށް ހަދާފައިވާ ފިނި އަށިތައް ހުންނައިރު މިތަންތަނަކީ ރަށުކައުންސިލުގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަނެވެ.

 

ދިގަލި ގޭ ކުރިމަތީގައި ހުންނަ ހޮޅުއަށްޓަށް އާއްމުކޮށް ގޮސް އުޅެނީ އެމްޑީޕީއަށް ސަޕޯޓްކުރާ މީހުންނެވެ. ނަމަވެސް ގިނަ އަދަދެއްގެ ދަތުރުވެރިންނާއި އާއްމުންވެސް އެ ތަނަށް ގޮސް އުޅެއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ޢާމިރު

    ހައުސިން މިނިސްޓްރީން އޭދަފުށިގައާއި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޒަމާނީ ފެންވަރުގެ ފެރީޓާމިނަލް ވަގުތުން ހެދުމަށް ގޮވާލަން. އޭދަފުއްޓަކީ އަތޮޅުގެ ގިނަ ރައްޔިތުން ކޮންމެ ދުވަހަކު ޒިޔާރަތްކުރާ ރަށެއް އަދި އެތަނުގެ ބޭނުން ވަރަށް ގިނަ މީހުން ހިފަމުންދޭ. ސަރުކާރުގެ އޮފީސްތަކުގަވެސް ވަރައްގިނައިން ސިޔާސީ ވާހަކަ ދައްކާ އަދި ސިޔާސީ ހަރަކާތް ހިންގާ އެހެންވީމާ ސަރުކާރުގެ އޮފީސްތަށްވެސް ނަގާ ބަންދު ކުރަން ފެނޭ. ހައުސިންގ މިނިސްޓްރީގެ ހާލު ކިހިނެއްބާ؟ ހީވަނީ މިނިސްޓަރު މުއީޒްގެ ކޮޓަރި ކޮޅުގަވެސް ސިޔާސީ ވާހަކަ ދައްކާނެހެން. މިކޮމެންޓް ޖަހާނެ ކަމަށް ހީކުރަން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.