އަށިތައް ނެގިޔަސް އޭދަފުށިން ދެން އެމްޑީޕީގެ ކުލައެއް ފަނޑެއް ނުވާނެ: މެންބަރުން

13173901_1079348218793461_8357581090207933937_n

ސިޔާސީ ހަރަކާތްތައް ހިންގާކަމަށްބުނެ އޭދަފުށީ ދިގަލިގެއާ ދިމާ އަތިރިމަތީގައި ހުރި ފިނި އަށި ނެގިޔަސް އޭދަފުށިން އެމްޑީޕީގެ ކުލަ ފަނޑުނުވާނެ ކަމަށް އެމްޑީޕީ އޭދަފުށީ މެންބަރުން ބުނެފި އެވެ.

އެމްޑީޕީ އޭދަފުށީ މެންބަރުން ރޭ ބޭއްވި ޕެނަލް ޑިސްކަޝަން އަށްފަހު މިއަދު އީޓީއާ ވާހަކަ ދައްކަމުން ބުނި ގޮތުގައި އަށި ނަގައިފިނަމަ ސިޔާސީ ހަރަކާތްތައް ހިންގަން އެމްޑީޕީއަށް ލިބޭނީ އިތުރު ހިތްވަރެއް ކަމަށެވެ. އަދި އަށި ނަގައިފިނަމަ ރަށުގެ އެހެން ސަރަހައްދު ތަކުގައިވެސް މިގޮތަށް ހަދާފައިހުރި އަށިތަކުގައި ސިޔާސީ ހަރަކާތްތައް ހިންގަން ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ވަނީ ފާސްކޮށްފަ އެވެ.

“.. ސިޔާސީ ހަރަކާތް ހިންގާކަމަށް ބުނެ އަށި ނަގައިފިނަމަ، ދެން މި ޕާޓީން ރަށުގެ އެކި ސަރަހައްދުތަކުގައި ސިލްސިލާކޮށް ސިޔާސީ ހަރަކާތްތައް ބާއްވާނަން. އެންމެ ފުރަތަމަވެސް މިކަން ފަށާނީ ރަށުގެ އެހެން ސަރަހައްދުތަކުގައި މިގޮތަށް ހަދާފައިހުރި އަށިތަކުން، ދެން ހަމަ ރަށު ކައުންސިލު އިދާރާ ކުރިމަތީގައިވެސް ބާއްވާންޖެހިދާނެ،”

“އަށި ނެގިޔަސް އޭދަފުށިންވެސް ދެން އެމްޑީޕީގެ ކުލައެއް ފަނޑެއް ނުވާނެ، އެމްޑީޕީގެ ފިކުރެއް ބަދަލެއް ނުވާނެ އަދި އަޑެއްވެސް ނުކެނޑޭނެ، 33 ޕަސެންޓް ވުރެ މަތިން ވޯޓް ނުލިބޭނެ ގޮތެއް ނުވާނެ،”

13123075_1079348485460101_3629683304971897407_o

އޭދަފުށީ އުތުރު ފަރާތު އަށީގައި ސިޔާސީ ހަރަކާތް ހިންގާނަމަ އެތަން ނަގައި ރަށު ކައުންސިލުގެ ބެލުމުގެ ދަށަށް އެތަން ގެންނަން އަންގާފައިވަނީ ހައުސިން މިނިސްޓްރީންނެވެ.

އެގޮތަށް އަންގާފައިވަނީ އަށި ހުރި ބިމުގައި ކައުންސިލުގެ ހުއްދަ ހޯދުމަކާ ނުލައި އެމްޑީޕީ އަށް ނިސްބަތްވާ އެކްޓިވިސްޓުން ސިޔާސީ ހަރަކާތްތައް ހިންގާ ޖަގަހައެއްގެ ގޮތުގައި އެތަން ބޭނުން ކުރަމުންގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ ހައުސިން މިނިސްޓްރީއަށް ލިބިފައިވާތީ ކަމަށް އެ މިނިސްޓްރީން ރަށު ކައުންސިލަށް ފޮޮނުވި ސިޓިގައި ބުނެފައި ވެ އެވެ.

ދިގަލި ގޭ ކުރިމަތީގައި ހުންނަ ހޮޅުއަށްޓަށް އާއްމުކޮށް ގޮސް އުޅެނީ އެމްޑީޕީއަށް ސަޕޯޓްކުރާ މީހުންނެވެ. ނަމަވެސް ގިނަ އަދަދެއްގެ ދަތުރުވެރިންނާއި އާއްމުންވެސް އެ ތަނަށް ގޮސް އުޅެއެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. ކަރީމް

    ރިޔާސަތުގައި ތިބި 6 މީހުން އެއްކޮށްގެންވެސް ފުރިހަމަ އެކަކުވެސް ހަމަނުވެ

    ރައްދު
  2. ކަރީމް

    ހަމަނުޖެހުމަށް މަގުފަހިވާ ކޮންމެ ކަމަކަށް މި ބައިގަނޑު ތާއީދުކޮށް ގަރާރު ނެރޭނެ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.