ސޮނޭވާ ފުށި ރިސޯޓުގެ މުވައްޒިފުންގެ މެދުގައި ‘ސޮނޭވާ އައިޑަލް’ ގެ ނަމުގައި ބާއްވާ ލަވަ މުބާރާތުގެ އޮޑިޝަން ބާއްވައިފި އެވެ.
އާއްމުކޮށް ހުރިހާ މުވައްޒިފުންނަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ އޮޑިޝަން ރޭ ބާއްވާފައިވާއިރު، މުބާރާތުގެ ފުރަތަމަ ބުރު ބާއްވަން ހަމަޖެހިފައިވަނީ ބުދަ ދުވަހު އެވެ. އަދި ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާއްވާއިރު ފައިނަލް އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުގެ ރެ އެވެ.
ސޮނޭވާފުށި ރިސޯޓްގެ މުވައްޒިފުންގެ ރެކްރިއޭޝަން ހަރަކާތެއްގެ ގޮތުގައި މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތުގައި މިއަހަރު 11 މީހުން ބައިވެރިވެ އެވެ.
އެއްވަނަ އަށް ދާ ފަރާތަކަށް 500 ޑޮލަރު (7710 ރުފިޔާ) އަދި ކޮލަމް ބޯ ރިޓާން ޓިކެޓާއެކު އިތުރު އިނާމުތައް ދޭގޮތަށް ބާއްވާ މުބާރާތުގެ ފައިނަލް ޝަރަފުވެރިކޮށް ދިނުމަށް މިއަހަރުވެސް ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ބައިވެރިވާނެ ކަމަށް އެ ރިސޯޓުން ބުނެއެވެ.