މާދަމާ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުން އެ ސްކޫލުގައި މާދަމާ ހާއްސަ ހަރަކާތްތަކެއް ހިންގަން ނިންމައިފި އެވެ.
އެ ސްކޫލުން ބުނީ މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ހާއްސަ އެސެމްބްލީއަކާއި ދަރިވަރުންގެ ހުނަރު ދައްކާލުމުގެ ހާއްސަ ހަރަކާތެއް ސްކޫލު ގޯތި ތެރޭގައި އޮންނާނެ ކަމަށެވެ. މި ހަރަކާތްތަށް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 6:45 ގަ އެވެ.
ކުޑަކުދިންގެ ދުވަހަށް ސްކޫލު ވެސް ވަރަށް ބޮޑަށް ދަނީ ތައްޔާރުކުރަމުންނެވެ.
މާދަމާ ހެނދުނު އޮންނަ ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް “އީޓީ” ގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވް ކުރެވޭތޯ މިދަނީ މަސައްކަތް ކުރަމުންނެވެ.
ބައިނަލް އަގުވާމީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާޙަގކުރަނީ ކޮންމެ އަހަރެއްގެވެސް މެއި 10 ވަނަ ދުވަހެވެ.