ކުނިނައްތާލުމުގައި އަމަލުކުރާނެ އުސޫލުތަކެއް ކަމަދޫ ކައުންސިލުން އާއްމުކޮށްފި

ބ.ކަމަދޫ
ބ.ކަމަދޫ

.ބ ކަމަދޫ ކައުންސިލުން ކުނި ނައްތާލުމާއި، ކުނި އުކާލުމުގައި އަމަލު ކުރާނެ އުސޫލުތަކެއް އާންމުކޮށް ތަންފީޒު ކުރަން ފަށައިފި އެވެ

ކަމަދޫ ކައުންސިލްގެ ރައީސް އަލީ އިސްމާއީލް މިއަދު އީޓީ އަށް ވިދާޅުވީ މި އުޞޫލުތައް އާންމުކޮށް ތަންފީޒު ކުރަން މިފެށީ ރަށުގެ ދަނޑުތަކަށް އަޅި ހޯދުމުގެ ބޭނުމުގައި ވަލުގެ އެކި ސަރަޙައްދުގައި އަލިފާން ރޯކޮށް މީހުންގެ ބައެއް ރުއްގަހަށާއި ދަނޑުތަކަށް ގެއްލުން ލިބެތީ އެކަމުގެ ޝަކުވާ .ކައުންސިލަށް ލިބެމުންދާތީ ރައްޔިތުންނަށް މިކަމުގެ ހައްލެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ

ކުނި އުކާލުމާއި ކުނި ނައްތާލުމުގައި އަމަލުކުރުމަށް ކަމަދޫ ކައުންސިލުން އާއްމުކޮށްފައިވާ އުސޫލުތަކުގައިވާ ގޮތުން ރަށުފެންވަރުގައި އަންދާ ނައްތާލެވޭ ބާވަތްތަކުގެ ކުނިބުނި ޖަމާކުރަން ޖެހޭނީ އެކަމަށް ކައުންސިލުން ކަނޑައަޅާ ދައްކާ ސަރަޙައްދަކަށެވެ. އަދި ގޯތި ތެރޭގައި ނުވަތަ ވަލުތެރޭގެ އެއްވެސް ސަރަޙައްދެއްގައި ކުނި ޖަމާކޮށް ނައްތާލުމަކީ މަނާކަމެކެވެ. އަދި ރަށު ފެންވަރުގައި އަންދައިގެން ނައްތާ ނުލެވޭ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ޕްލާސްޓިކް އަދި ބިއްލޫރިފުޅި،ދަނގަނޑާއި މިނޫންވެސް ހަރު މައުދަނުގެ ތެރޭގައި ހިމެނޭ ބާވަތްތައް ނައްތާލުމަށްޓަކައި އަމަލް ކުރާނީ ކައުންސިލް އިދާރާއިން އަންގާ ގޮތަކަށެވެ.

އެ އުސޫލުތަކުގައިވާ ގޮތުން ކުނިކޮށްޓަށް ޖަމާކުރާ ކުނިނައްތާލުމަށާއި އަޅި ނެގުމުގެ މަސައްކަތް ކުރުމަށްޓަކައި ކޮންޓްރެކްޓް ކުރެވިފައިވާ ފަރާތައް ކަނޑައެޅިފައިވާ އުޖޫރަ ދިނުމަށްޓަކައި ވަށާފާރު ރާނާ، ކަމަދޫ ކައުންސިލު އިދާރާގައި ރަޖިސްޓްރީ ކޮށްފައިވާ (ސަރުކާރު އިދާރާތައް އިސްތިސްނާ ނުވާގޮތަށް) ކޮންމެ ތަނަކުން 15ރ. ގެ ފީއެއް ދައްކަން ޖެހޭނެއެވެ. ފީ ނެގުމުގައި ސަރުކާރުގެ އެއްވެސް އިމާރާތެއް އިސްތިސްނާއެއް ނުވާނެއެވެ.

އަލީ އިސްމާއިލް ވިދާޅުވި ގޮތުގައި މި އުސޫލުތަކާ ހިލާފަށް އަމަލުކުރާ ފަރާތްތަށް ލާމަރުކަޒީ ގާނޫންގެ 13 ވަނަ ބާބުގެ 143 ވަނަ މާޢްދާގެ ދަށުން ކައުންސިލަށް ދެވިފައިވާ ބާރަކާއި ގުޅިގެން ކައުންސިލްގެ އަމުރަކަށް ނުކިޔަމަންތެރިވާ ފަރާތެއްކަމަށް ބަލައި މައްސަލައިގެ ކުޑަ ބޮޑު މިނަށް ބަލައި 500ރ އާއި 5000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.