ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ: އެ ސްކޫލުގައި ކުޑަކުދިންގެ ދުވަސް ކުލަގަދަ ގޮތެއްގައި ވަނީ ފާހަގަކޮށްފައި. | އީޓީ ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

މިއަދަކީ ކުޑަ ކުދިންގެ ދުވަހުގެ ގޮތުގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަހެވެ. އެގޮތުން ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް މިއަދުވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގައިވެސް ފާހަގަކޮށްފަ އެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަސް މިއަހަރު ވެސް އެ ސްކޫލަުން ފާހަގަކުރީ އައީ އުފާވެރި އީދެއްގެ ގޮތުގަ އެވެ. ތަފާތު ގޮތަކަށް ސްކޫލުތެރެ ޒީނަތްތެރިކޮށްފައިވާ އިރު، ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ފެށީ ދެ ދަންފަޅި އެއްކޮށްލައިގެން ހެނދުނު ބޭއްވި ހާއްސަ އެސެމްބްލީއަކުންވެެ. އަދި މުޅި ސްކޫލުގެ މާހައުލު އޮތީ ދަރިވަރުންނަށް ހުޅުވާލައިފަ އެވެ. ލަވަކިޔައި މަޖާކުރުމާއި، ދަރިވަރުންގެ އެކި ހުނަރުތައް ދައްކާލުމުގެ އިތުރުން ތަފާތު ސްޓޯލްތައްވެސް ބަހައްޓާފައި ހުއްޓެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ: އެ ސްކޫލުގައި ކުޑަކުދިންގެ ދުވަސް ކުލަގަދަ ގޮތެއްގައި ވަނީ ފާހަގަކޮށްފައި. | އީޓީ ފޮޓޯ: ތޯރިގް އަބްދުއްރަހްމާން
ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ: އެ ސްކޫލުގައި ކުޑަކުދިންގެ ދުވަސް ކުލަގަދަ ގޮތެއްގައި ވަނީ ފާހަގަކޮށްފައި. | އީޓީ ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

“މިއީ އެ ކުދިންނަށް ވަރަށް ހާއްސަ ދުވަހެއް. އެހެންކަމުން އަޅުގަނޑުމެން ބޭނުންވޭ ވަރަށް ކުލަގަދަކޮށް މި ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރުމަށް،” ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް އިންތިޒާމިކުރުމުގަިއ އިސްކޮށް އުޅުނު ލީޑިން ޓީޗަރަކު ބުންޏެވެ.

ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ކޭކް ފެޅުން ވެސް ބޭއްވި އެވެ. އަދި ޓީޗަރުންގެ ފަރާތުން ދަރިވަރުންނަށް ދިން ކަޕް ކޭކް ތަކާއެކު ކޮންމެ ކުއްޖަކު ވެސް ސްކޫލުން ނުކުމެގެންދިޔައީ ހިނިތުންވުމާ އެކު އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ: އެ ސްކޫލުގައި ކުޑަކުދިންގެ ދުވަސް ކުލަގަދަ ގޮތެއްގައި ވަނީ ފާހަގަކޮށްފައި. | އީޓީ ފޮޓޯ: ތޯރިގް އަބްދުއްރަހްމާން
ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ: އެ ސްކޫލުގައި ކުޑަކުދިންގެ ދުވަސް ކުލަގަދަ ގޮތެއްގައި ވަނީ ފާހަގަކޮށްފައި. | އީޓީ ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބަހިއްޔާ ޕްރީ ސްކޫލާއި ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރު ގުޅިގެން މިއަދު ހަވީރު މިރަށުގައި ވަނީ ކުޑަކުދިންގެ ހަވީރެއްވެސް ބާއްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.