ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުގެ “ޗައިލްޑް ފްރެންޑްލީ ރޫމް” ހުޅުވައިފި

ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުގެ "ޗައިލްޑް ފްރެންޑްލީ ރޫމް" – ފޮޓޯ / އަބޫ ޔައުލާ
ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުގެ “ޗައިލްޑް ފްރެންޑްލީ ރޫމް” – ފޮޓޯ / އަބޫ ޔައުލާ

އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބ. އަތޮޅުގައި ޤާއިމްކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުގެ “ޗައިލްޑް ފްރެންޑްލީ ރޫމް” ރަސްމީކޮށް ހުޅުވައިފި އެވެ.

ހިތްގައިމު މަންޒަރެއް ސިފަކޮށްދޭ މި ރޫމް އިއްޔެ ހަވީރު ހުޅުއްވައިދެއްވީ ބ. އޭދަފުށީ ދިރާގު އޮޕަރޭޝަން ސެންޓަރުގެ މެނޭޖަރު ޢަބްދުﷲ ޞާދިޤު އެވެ. އެ ސެންޓަރުގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ އިދާރާތަކުގެ ވެރިންގެ އިތުރުން ގިނަ އަދަދެއްގެ ކުޑަކުދިންވެސްވަނީ ބައިވެރިވެފަ އެވެ.

ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުން ބުނިގޮތުގައި ޗައިލްޑް ފްރެންޑްލީ ރޫމަކީ ކުޑަކުދިންނާއި އެކުވެރި މާހައުލެއްގައި މަސައްކަތް ކުރުމުގެ ގޮތުން ތައްޔާރު ކުރެވުނު ރޫމެކެވެ.

ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ހުޅުވި މި ރޫމް ޑިޒައިންކޮށް ކުރަހާފައިވަނީ ހުނަރުވެރި ކުރެހުންތެރިޔާ އިބްރާހީމް މުޙައްމަދު އެވެ. އެ ސެންޓަރުން ބުނީ މިއީ ފަހަކަށް އައިސް އެ ސެންޓަރުން ކުރި އެންމެ ބުރަ މަސައްކަތް ކަމަށާއި، އެ ފެންވަރުގެ ރޫމެއް ތައްޔާރުކުރެވުނީ ގިނަ ބައެއްގެ އެހީތެރިކަމާއި އެކުގައި ކަމަށެވެ.

ސެންޓަރު ހިންގެވުމާއި ޙަވާލުވެހުންނެވި ނުޒުހާ މުހައްމަދު ވިދާޅުވީ ވޮލަންޓިއަރެއްގެ ފަހަތުގައި އޮތް ޓީމަކުން ކޮށްދިން މި މަސައްކަތަކީ މުޅި އަތޮޅަށް ކޮށްދިން އަގުނުކުރެވޭނެ ބުރަ މަސައްކަތެއް ކަމަށެވެ.

“އަސްލު ކުރެހުމުގެ ހުނަރު މި ރޫމުން ފެންނާނީ. މި ފުރުސަތުގަ އިބްރާހީމް މުޙައްމަދަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި އަނަންތަރާ ރިސޯޓު، އޭދަފުށީ ކައުންސިލް، ޕްރީ ސްކޫލް، އަތޮޅު ތަޢުލީމީ މަރުކަޒު، އަދި މިނިސްޓްރީގެ އިތުރުން ވަރަށް ޚާއްޞަ ގޮތެއްގައި ސެންޓަރުގެ މުވައްޒަފުން ކުރި ބުރަ މަސައްކަތަށް ޝުކުރު އަދާކުރަން”

ބ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރަކީ 2008 ވަނަ އަހަރުން ފެށިގެން އަތޮޅަށް ޚިދުމަތް ދެމުން އަންނަ ސެންޓަރެކެވެ. އަތޮޅުތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އިން ކުރިއަށް ގެންދާ “އިޖްތިމާޢީ ރައްކާތެރިކަން އެންމެންނަށް” މި ޕްރޮގްރާމްގެ ދަށުން ބ. އަތޮޅުގެ ސެންޓަރުގެ ޚިދުމަތްތައް ވެސް މި އަހަރުގެ ތެރޭގައި ފުޅާކުރުމަށް ހަމަޖެހިފައިވާކަމަށް “އީޓީ” އަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.