ބައެއް ރަށްރަށަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ: މެޓް

އޭދަފުށީ ކުޑަކުއްޖަކު ވިއްސާރަ ތެރޭގައި ބައިސްކަލު ދުއްވަނީ. ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ގުގުރުމާއެކު ވިއްސާރަ ކުރާނެކަމަށް މެޓުން ލަފާކުރޭ-- ފޮޓޯ / އަލީ ޝުއައިދު
އޭދަފުށީ ކުޑަކުއްޖަކު ވިއްސާރަ ތެރޭގައި ބައިސްކަލު ދުއްވަނީ. ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ގުގުރުމާއެކު ވިއްސާރަ ކުރާނެކަމަށް މެޓުން ލަފާކުރޭ– ފޮޓޯ / އަލީ ޝުއައިދު

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮޖިކަލް ސެންޓަރު (މެޓް) އިން މިއަދު ބުނެފި އެވެ.

މެޓުން މޫސުން ލަފާކުރާ ގޮތުގައި އެންމެ ބޮޑަށް ވިއްސާރަކުރާނީ އުތުރުގެ ރަށްރަށަށެވެ.

ރޭ ފަތިހުން ފެށިގެން މިއަތޮޅުގެ މޫސުން އޮތީ ވަރަށް ބަނަކޮށެވެ.

މެޓް އޮފީހުން ބުނި ގޮތުގައި ވިލާގަނޑުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ ގަޑިއަކު ގާތްގަނޑަކަށް 40 މޭލާ 45 މޭލާ ދެމެދުގެ ބާރު މިނުގައެވެ. އަދި ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވުން އެކަށީގެންވާ ކަމަށް މެޓުން ލަފާ ކުރެއެވެ.

އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓުން ބުންޏެވެ.

މި ވިއްސާރައިގައި ބޯކޮށް ވާރޭވެހި، ވައިގަދަވެ، ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރު ކުރާ ފަރާތްތަކުންނާއި އާއްމު ހުރިހާ ފަރާތްތަކުން ސަމާލުވާން ވެސް މެޓުން ވަނީ އެދިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.