އޭދަފުށީގައި ބެޑްމިންޓަން ކޯޗިން ކޯހެއް ބާއްވަނީ

ބެޑްމިންޓަން މުބާރާތުގެ މެޗެއްގައި ކުޅެނީ: ފައިނަލަށް ކުޅުންތެރިން ވަނީ ހޮވިފައި. --
ބެޑްމިންޓަން މުބާރާތުގެ މެޗެއްގައި ކުޅެނީ: . —

ބ. އޭދަފުށީގައި ބެޑްމިންޓަން ކޯޗިން ކޯހެއް ބޭއްވުމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނިންމައިފި އެވެ.

މި މަހުގެ 20 އިން 30 އަށް އޭދަފުށީ ޔޫތު ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޯހަކީ ބެޑްމިންޓަން އެސޯސިއޭޝަން އާއި ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އަދި ބ. އަތޮޅު ކައުންސިލާއި އޭދަފުށީ ބީޑީސީ ގުޅިގެން ބާއްވާ ކޯހެކެވެ.

މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑް (އެމްކިޔުއޭ) ގަބޫލުކުރާ ސެޓްފިކެޓް ލެވެލް 1 ގެ ފެންވަރަށް ކުރިއަށްގެންދާ މި ކޯހުގައި އިރުޝާދު ދޭނީ ރާއްޖެއިން ބޭރުގެ ތަޖުރިބާކާރެކެވެ.

ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ އާއްމުކޮށް ހުޅުވާލައިފަ އެވެ. އިތުރު މައުލޫމާތު.ބ. އަތޮޅު ކައުންސިލު އިދާރާއިން ނުވަތަ ކޯހުގެ ފޯކަލް ޕޮއިންޓް މުހައްމަދު އިކްރާމް 7762922 އާ ގުޅުމުން ލިބޭނެ އެވެ.

ފަހަކަށް އައިސް ބެޑްމިންޓަންގެ ފޯރި އޭދަފުށީގައި ގަދަވެފައިވާއިރު އޭދަފުށީ ބެޑްމިންޓަން ޓީމުވަނީ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގެ ތަށި މިލްކު ކޮށްފަ އެވެ. އަދި އޭދަފުށީ ބީޑީސީން ވަނީ މިދިޔަ އަހަރުތަކުގައި ސްކޫލް ކުދިންނަށާއި އާއްމުންނަށް އަމާޒުކޮށްގެން ތަފާތު ޓްރޭނިންތައް ކުރިޔަށްގެންގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ޝުހައިލް

    “އޭދަފުށީ ބީޑީސީން ވަނީ މިދިޔަ އަހަރުތަކުގައި ސްކޫލް ކުދިންނަށާއި އާއްމުންނަށް އަމާޒުކޮށްގެން ތަފާތު ޓްރޭނިންތައް ކުރިޔަށްގެންގޮސްފައެވެ.” މިހެން ހަބަރުގަ ލިޔާކަށް ލަދެއް ނުގަނޭތަ. އޭދަފުށީގަ ބެޑްމިންޓަން ކުރިއަރުވަން ބީޑީސީ އިން ކުރާ އެއްވެސް ކަމެއް ނޯވޭ. ހަބަރުގަ ލިޔެފަތީ ދޮގު. ލަދު ކޮބާ؟

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.