ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން “މާކިއުރީ އެޗްއޭއެފް” އައިލޭންޑް ފުޓްސަލް މުބާރާތުގެ ފައިނަލަށް ހިތާދޫ ދަތުރުކޮށްފި އެވެ.
ހިތާދޫ ޓީމު މުބާރާތުގެ ފައިނަލަށް ދަތުރުކުރީ، މާއެނބޫދޫއާ ބައްދަލުކުރި މެޗު ފަސޭހަކަމާއެކީ 3-8 އިން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ހިތާދޫ ޓީމުގެ ޖޯޒީ ނަމްބަރު 13 ހުޒެއިފަތު ރަޝީދު އެވެ.
ފައިނަލް މެޗުގައި ހިތާދޫ ބައްދަލުކުރާނީ ތ. ތިމަރަފުއްޓާއެވެ. މި މެޗު އޮންނާނީ މިއަދު ހަވީރު 4:30 ގައެވެ.
ޗެމްޕިއަން ޓީމަށް ބައިލައްކަ ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ، 2014 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. ހިތާދޫގެ އިތުރުން މި މުބާރާތުގައި މިއަތޮޅު ކިހާދޫންވެސް ވާދަކުރި އެވެ.
މަރްޙަބާ ހިތާދޫ ޓީމް. ކާމިޔާބަށް އެދެން. މި ޚަބަރުގައި ކިހާދޫގެ ވާހަކަ ހިމެނުމުގެ ބޭނުމަކީ ބ.އަތޮޅު ރަށަކަށް ވީމަތޯ؟ ނޫނީ ……..؟؟؟