ބެޑްމިންޓަން ކޯޗިން ކޯހެއް ފަށައިފި

އޭދަފުށީގައި ފެށި ބެޑްމިންޓަން ކޯހުގެ ބައިވެރިން-- އީޓީ ފޮޓޯ / ރާއިފް ޔޫސުފް
އޭދަފުށީގައި ފެށި ބެޑްމިންޓަން ކޯހުގެ ބައިވެރިން– އީޓީ ފޮޓޯ / ރާއިފް ޔޫސުފް

ބ. އޭދަފުށީގައި ބެޑްމިންޓަން ކޯޗިން ކޯހެއް މިއަދު ފަށައިފި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އާއި ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އަދި ބ. އަތޮޅު ކައުންސިލާއި އޭދަފުށީ ބީޑީސީ ގުޅިގެން މިމަހުގެ 30 ގެ ނިޔަލަށް އޭދަފުށީ ޔޫތު ސެންޓަރުގައި ކުރިއަށްގެންދާ މި ކޯހުގައި 20 މީހުން ބައިވެރިވެ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ބުނި ގޮތުގައި މި ކޯހުން ފާސްވާ ފަރާތްތަކަށް އެމްކިޔުއޭ ގަބޫލުކުރާ ސެޓްފިކެޓް ލެވެލް 1 ގެ އެކްރެޑިޓެޑް ފާހެއް ލިބޭނެ އެވެ.

އޭދަފުށީގައި މިއަދުފެށި ބެޑްމިންޓަން ކޯހުގެ ތެރެއިން - އީޓީ ފޮޓޯ / ރާއިފް ޔޫސުފް
އޭދަފުށީގައި މިއަދުފެށި ބެޑްމިންޓަން ކޯހުގެ ތެރެއިން – އީޓީ ފޮޓޯ / ރާއިފް ޔޫސުފް

މި ކޯހުގައި ކިޔަވާދެއްވަނީ ބެޑްމިންޓަން އޭޝިޔާ ކޮންފެޑެރޭޝަންގެ (ބީއޭސީ) ޓިއުޓާ އެކެވެ. އޭނާ އަކީ އިންޓަނޭޝަނަލް ފެންވަރުގެ ކޯސްތައް ހިންގާ ތަޖުރިބާ ކާރެކެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން މި އަހަރަށް ލަފާކުރާ ބަޖެޓްގެ ގޮތުގައި ހަތަރު މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރި އިރު 1.2 މިލިއަން ރުފިޔާވަނީ ޑިވޮލެޕްމެންޓް ޕްރޮގްރާމްތަކަށް ކަނޑައަޅައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.