ރާއްޖެ މިނިވަންވިތާ 50 އަހަރު ފާހަނގަ ކުރުމުގެ ގޮތުން މިދިޔަ އަހަރު ފެށި މިނިވަން 50 ފުޓްބޯޅަ މުބާރާތް މި އަހަރު ވެސް ބާއްވަން ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ގައުމީ ފުޓްބޯޅަ އިދާރާއިން ނެރުނު ބަޔާނުވަނީ އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މިނިވަން 50 ޗެމްޕިއަންޝިޕް ބާއްވާފައިވަނީ ހޯމް އެންޑް އަވޭ އުސޫލުން އަތޮޅުތެރޭގަ އެވެ. އެއަށްފަހު ޒޯން ޗެމްޕިއަން ޓީމުތައް ދެ ގްރޫޕަކަށް ބަލާހައިގެން ކުޅުނީ އައްޑު އާއި ކުޅުދުއްފުށީގަ އެވެ.
ފައިނަލުގައި ގދ. ފަރެސްމާތޮޑާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ އައްޑުސީޓީގެ ފޭދޫ ޓީމެވެ. މި މުބާރާތުގެ ޗެމްޕިއަނުންނަށް ގައުމީ ފުޓްބޯޅަ މުބާރާތުން ޖާގަ ލިބޭނެ އެވެ.