ރޯދަމަސް ތެރޭ ކްލަބް ދަ ބިގިނާސް (ޓީބީ) އިން ބާއްވަމުން އަންނަ ތްރީ އޮން ތްރީ ސޮކާ ކަޕް މިފަހަރު ބާއްވާނީ ރޯދައިގެ ފަހުން ކަމަށް އެ ކަލްބުން ބުނެފި އެވެ.
ދަ ބިގިނާސް އިން ބުނި ގޮތުގައި މީގެ 6 އަހަރު ކުރިން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތް ފަސްކުރީ މުބާރާތް ރާވާ ހިންގުމުގައި އިސްކޮށް އުޅޭ އެ ކްލަބުގެ ގިނަ މެމްބަރުންތަކެއް އެކި ސަބަބުތަކަށްޓަކައި މި ރަމަަޟާންމަހުތެރޭ ވަގުތު ދެވެން ނެތުމުންނެވެ.
މި މުބާރާތް ބާއްވާނެ ތާރީޙެއް ފަހުން އިއުލާން ކުރާނެ ކަމަށް ޓީބީން ބުންޏެވެ.
މި މުބާރާތަށް ކޮންމެ އަހަރަކުންވެސް ރަށުގެެ ޒުވާނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެ އެވެ. މިދިޔަ އަހަރުގެ ބޭއްވި މުބާރާތް ކާމިޔާބުކުރީ ފެއިމްސް ޔުނައިޓެޑެވެ.