ފެހެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އިފްތިތާހު ކޮށްފި

ފެހެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން--
ފެހެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން–

 

 

ބ. ފެހެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެތީ އިފްތިތާހުކޮށްފި އެވެ.

 

ފެހެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިފްތިތާޙީ ޖަލްސާ ގައި ވާހަކަފުޅުދައްކަވުމުން ކައުންސިލްގެ ނައިބުރައީސް އާމިނަތު ފަޒީނާ ވިދާޅުވީ މިފަދަ ކޮންމެ ކަމެއްގައިވެސް ތަފާތު ގޮންޖެހުންތަކާއި ކުރިމަތި ލާން ޖެހޭނެ ކަމަށާއި، ފާޑުކިޔުންތައް އަންނާނެ ކަމަށެވެ. ނަމަވެސް

 

“އަޅުގަނޑު ޔަގީންކުރަނީ އިންތިޚާބްވެގެން މިދިޔަ ކޮމިޓީއަކީ ވެސް މިފަދަ އަގުހުރި ޚިދުމަތްތަކެއް ރަށުގެ ތަރައްގީއަށާއި އަންހެނުންގެ ތަރައްގީއަށް ކޮށްދެއްވާނެ ކޮމިޓީއެއް ކަމަށް. އަދި މިފަދަކަމަކަށް އިސްނެންގެވި ކަމަށްޓަކައި ތިޔަ ބޭކަނބަލުންނަށް ޝުކުރު ދަންނަވަން. ހިއްވަރާއެކު މަސައްކަތްކޮށްފިނަމަ އެއްވެސް ކަމަކީ ނުވާނެ ކަމެއް ނޫން. މި ފުރުސަތުގައި  ކޮމިޓީ ހިންގުމުގައި ކައުންސިލްގެ ފަރާތުން ދެވެން އޮތް އެއްބަރުލުމެއް ދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަންވެސް އަރުވަން.” ފަޒީނާ ވިދާޅުވި އެވެ.

 

އަދި ވޭތުވެ ދިޔަ ދައުރު ތަކުގައި ރަށުގެ ތަރައްގީއަށާއި އަންހެނުންގެ ތަރައްގީއަށްޓަކައި އަންހެނުންގެ ކޮމިޓީގެ ފަރާތުން ކޮށްދެއްވާފައިވާ ބުރަ މަސައްކަތް ފާހަނގަކޮށް އެފަރާތްތަކަށް އޭނާ ވަނީ ޝުކުރު ދަންނަވާފައެވެ.

މި ޖަލްސާގައި ކޮމިޓީއަށް އިންތިޚާބުވި މެމްބަރުން ވަނީ މެމްބަރުންގެ އިގްރާރުގައި ސޮއިކުރައްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.