މުސާރަ ނުދޭތީ ނިއު އިން ރިލީޒް ހޯދުމަށް ހަމްޕު އެދިއްޖެ

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ހަމްޕު ކުޅެނީ
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ހަމްޕު ކުޅެނީ

މުސާރައިގެ މައްސަލާގައި ނިއުރޭޑިއަންޓް އިން ރިލީޒް ހޯދުމަށް ހަމްޒާ އެދިއްޖެއެވެ

ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެމުން ހަމްޕު ބުނީ ރިލީޒް އަށް އެދުނީ ދެ މަސް ދުވަހުގެ މުސާރަ އޭނާ އަށް އެ ކްލަބުން ދީފައި ނުވާތީ ކަމަށާއި، ރިލީޒް އަށް އެދުނު ފަހުން އެއް މަސްދުވަހުގެ މުސާރާ ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް ހަމްޕު ބުނީ މުސާރަ ދެން ހަމައަށް ލިބުނު ނަމަވެސް ރިލީޒް ދިންހާ އަވަހަށް ނިއު ދޫކޮށްލާނެ ކަމަށެެވެ.

މި މަހު 17 ގައި ހަމްޕު ނިއު އިން ރިލީޒް ހޯދުމަށް އެދިފައިވާއިރު، އަދިވެސް އެ ކްލަބުން އޭނާއަށް ރިލީޒް ދީފައެއްނުވެއެެވެ. ހަންޕު ބުނީ ނިއު އިން ރިލީޒް ދިނުމާއެކު އޭނާ ބަދަލުވާނެ ކްލަބެއް އަދި ނޭނގޭ ކަމަށާއި، އެހެންނަމަވެސް ކޮންމެވެސް ކްލަބަކުން ފެނިގެންދާނެކަމަށެވެ

ހަމްޕު ދެން ފެނިގެން ދަނީ ޓީސީ ސްޕޯޓްސް ކްލަބުން ކަމަށް ރާއްޖެ.އެމްވީ އަށް މައުލޫމާތު ލިބިފައި ވާކަމަށް އެނޫހުގައިވެއެވެ. އަދި ހަމްޕު ވަނީ އެ ކްލަބާއެކު މަޝްވަރާތަކެއްވެސް ކުރިޔަށް ގެންގޮސްފަކަމަށެެވެ

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.