ދިރާގު މޯލްޑިވިސް ފުޓްސަލް ޗެލެންޖް ބާ ޒޯންގެ މެޗްތައް ފަށައިފި

މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗްގައި ސޮނެވާ އާއި އަނަންތަރާ ކުޅެނީ | އީޓީ ފޮޓޯ: ރާއިފް ޔޫސުފް
މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗްގައި ސޮނެވާ އާއި އަނަންތަރާ ކުޅެނީ | އީޓީ ފޮޓޯ: ރާއިފް ޔޫސުފް

ދިރާގު މޯލްޑިވްސް ފުޓްސަލް ޗެލެންޖްެ ބާ ޒޯންގެ މެޗްތައް މިއަދު ހަވީރު ސޮނެވާފުށީ ރިސޯޓްގައި ފަށައިފި އެވެ

މިއަދު ހަވީރު ސޮނެވާފުށީ ފުޓްސަލް ދަނޑުގައި ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ ސޮނެވާފުށީ ރިސޯޓް އާއި އަނަންތަރާއެވެ. މި މެޗް 1-7 ގެ ބޮޑު ތަފާތަކުން ކާމިޔާބު ކުރީ ސޮނެވާފުށީ ރިސޯޓްއެވެ. މި މެޗްގައި ސޮނެވާފުށީ ޓީމަށް ލަނޑުތަށް ކާމިޔާބު ކޮށްދިނީ އަބްދުލް މަޖީދް (މަޖިއްޓޭ)، މުހައްމަދު ޝިޔާމް އަދި އަޒްމީންއެވެ. މި މެޗްގައި މަޖިއްޓޭ 2 ލަނޑު ޖެހި އިރު އަޒްމީން ވަނީ 4 ލަނޑު ޖަހާފައެވެ. މި މެޗްގައި އަނަންތަރާއިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަހްމަދު އަޝްރަފްއެވެ.

މި މެޗް ގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ސޮނެވާފުށީ ޓީމްގެ އަޒްމީންއެވެ

މިއަދު ހަވީރު ކުޅުނު ދެވަނަ މެޗްގައި ދު ސިތް ތަާނި  އާއި ރީތި ބީޗް ކުޅެނީ | އީޓީ ފޮޓޯ: ރާއިފް ޔޫސުފް
މިއަދު ހަވީރު ކުޅުނު ދެވަނަ މެޗްގައި ދު ސިތް ތަާނި އާއި ރީތި ބީޗް ކުޅެނީ | އީޓީ ފޮޓޯ: ރާއިފް ޔޫސުފް

މިއަދު ކުޅުނު ދެވަނަ މެޗްގައި ބައްދަލުކުރީ ރީތި ބީޗާއި ދު ސިތް ތަނީއެވެ. މި މެޗް ދު ސިތް ތާނީއިން ކާމިޔާބު ކުރީ 1-4 ގެ ނަތީޖާއަކުންނެވެ. ދު ސިތް ޓީމަށް ލަނޑުތަށް ކާމިޔާބު ކޮށްދިނީ އަބްދުއް ސަލާމް ހާމިދް އާއި ހަސަން ސާޖިދްއެވެ. މިއިން ކޮންމެ ކުޅުުންތެރިއަކުން ވަނީ މި މެޗްގައި 2 ގޯލް ޖަހާފައެވެ. ރީތި ބީޗް ރިސޯޓްއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހުސައިން ޝަނީޒްއެވެ.

މި މެޗްގެ މޭން އޮފްދަ މެޗަކަށް ހޮވިފައިވަނީ ދު ސިތް ތާނީގެ އަބްދުއް ސަލާމް ހާމިދްއެެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.