ރަމަޟާން މަހާ ދިމާކޮށް ބ. އަތޮޅުގެ ރަށްރަށުގެ މިސްކިތްތަކަށް ބ. އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ފަރާތުން މުސްޙަފްތަކެއް ހަދިޔާކޮށްފި އެވެ.
އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ބ. އަތޮޅުގެ 13 ރަށެއްގެ މިސްކިތްތަކަށް 200 މުސްޙަފް ވަނީ ހަދިޔާކޮށްފަ އެވެ.
މުސްޙަފްތައް ކައުންސިލްތަކާ ހަވާލުކޮށްދެއްވީ ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް ޢަބްދުﷲ ނަސީރު އެވެ. އަދި މި މުސްޙަފްތަކާ އެރަށްރަށުގެ ފަރާތުން ހަވާލުވެލެއްވީ އެރަށްރަށުގެ ކައުންސިލް މެމްބަރުންނެވެ.
މި ރަސްމިއްޔާތުގައި ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ނަސީރުގެ އިތުރުން އާއި ބ. އަތޮޅު ކައުންސިލްގެ މެމްބަރުންނާއި ބ. އަތޮޅު ރަށްރަށުގެ ކައުންސިލްތަކުގެ މެމްބަރުންނާއި ބ. އަތޮޅުގައި މަސައްކަތްކުރާ ފުލުުހުން ބައިވެރިވެފައިވެ އެވެ.